އާއިލީ ގޮތުން ގާތްކަން އޮންނަ ދެތަރިން ކަމުގައިވާ ޕަރިނީތީ ޗޯޕްރާ އާއި ޕްރިޔަންކާ ޗޯޕްރާ އާއި ދެމެދުގައި ހުރިހާ ކަމެއް ރަނގަޅު ނޫން ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
މީޑިއާއިން ބުނާ ގޮތުގައި މިދިއަ އަހަރު ފަހު ކޮޅު ޕަރިނީތީ ކައިވެނި ކުރި ހިސާބުން ފެށިގެން އެދެމީހުންގެ މެދުގައި ވަނީ މައްސަލަ ޖެހިފައިއެވެ. ކައިވެނީގެ ރަސްމީރާތަށް ޕްރިޔަންކާ ހާޒިރު ނިވިނަމަވެސް ކައިވެނީގެ ކުރިން އޮތް އެންގޭޖްމެންޓް ސެރެމޮނީ ގައި ޕްރިޔަންކާ ބައިވެރި ވިއެވެ.
ދެމީހުންގެ މެދުގައި މައްސަލަ ހޫނު ވެފައިވާ ކަމަށް އެންމެ ބޮޑަށް ވާހަކަ ދެކެވެން ފެށި މިހާރު އިންޑީއާގައި ހުރި ޕްރިޔަންކާ ހޮލީ އާއި ދިމާކޮށް ބޭއްވި ޕަޓީ އިން ޕަރިނީތީ ނުފެނުމާއި ގުޅިގެންނެވެ. އާންމުކޮން އެމެރިކާ ގައި ދިރިއުޅެމުން އަންނަ ޕްރިޔަންކާ މިވަގުތު އިންޑިއާގައި ހުރި އިރުގައި ވަނީ ބޮޑ ހޮލީ ޕާޓީ އެއް ބާއްވާފައިއެވެ.
ނަމަވެސް ޕާޓީ އިން ޕަރިނީތީ ފެނިފައިއެއް ނުވެއެވެ. އަދި ހަމަ އެމީހުން ގެ އާއިލާ ކުއްޖެއް ކަމުގައިވާ މަންނާރާ ޗޯޕްރާ ގެ އުފަންދުވަހުގެ ބޮޑު ޕާޓީ އިން ވެސް ޕަރިނީތީ ފެނިފައިއެއް ނުވެއެވެ. ނަމަވެސް އެ ޕާޓީ ގައި ޕްރިޔަންކާ ބައިވެރިވެ މީޑިއާއަށް ފޮޓޯ ނެގުމަށް ވެސް ދިނެވެ.
މީގެ ކުރިން ޕްރިޔަންކާ އާއި ޕަރިނީތީ ބައްދަލު ކޮށް ދެމީހުން އެކުގައި ވަގުތު ހޭދަކުރެއެވެ. އަދި ޕަރިނީތީ އަކީ ޕްރިޔަންކާގެ އާއިލީ ގުޅުން އެންމެ ގާތް އެކަކުވެސް މެއެވެ. އެދެމީހުންނަކީ ދެބެންގެ ދެދަރި މީހުންނެވެ.