"ދޯ އޯރް ދޯ ޕިޔާރު" ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް

"ދޯ އޯރް ދޯ ޕިޔާރު" ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް

Author
ފާތިމަތު ނާވީ
28 މާރޗް 2024 05:50
0

ޒަމާނީ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމު "ދޯ އޯރް ދޯ ޕިޔާރު" ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

"ޖަޒްބާތީ ހޭ ދިލް" ކިޔާ މި ލަވައިގައި ފެނިގެންދަނީ ފިލްމްގެ ލީޑުން ފެނިގެންދާ ހަތަރު ބަތަލާއިންނެވެ. މި ރޮމޭންޓިކް ކޮމެޑީގެ ކާސްޓްގައި ވިދްޔާ ބާލަން، އިލިއާނާ ޑި ކްރޫޒާއި ޕްރަތީކް ގާންދީގެ އިތުރުން އާންމުކޮށް ހޮލީވުޑްގެ އުފެއްދުންތަކުން ފެންނަ އެކްޓަރު ސެންދިލް ރާމަމުރްތީ ފެނިގެންދާނެއެވެ.

ކުނާލް ވީރްމާ ގެ ޅެމަކަށް ހަދައިފައިވާ މި މަޑުމައިތިރި ލަވައިގެ އަޑުގެ ވެރިންނަކީ އަރްމާން މާލިކް އާއި އަންނަނިޔާ ބިރްލާއެވެ. މި ފިލްމް އަކީ އަންނަ މަހުގެ 19 ވަނަ ދުވަހުގައި ސިނަމާތަކަށް ގެންނަށް ތާވަލު ކޮށްފައިވާ ފިލްމްއެކެވެ.

"ދޯ އޯރް ދޯ ޕިޔާރު" ގެ ޑައިރެކްޓަރަކީ އަލަށް ފީޗާ ފިލްމެއް ޑައިރެކްޓްކުރި ޝިރްޝާ ގުހާ ތާކޫރްތާ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެ، ނެޝަނަލް އެވޯދް ވެސް ހޯދާފައިވާ ވިދިއާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ މިސްޓްރީ ފިލްމު "ނީޔަތު" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.