އަދިތީ ސިއްރުން ކައިވެނި ކޮށްފި

އަދިތީ ސިއްރުން ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
28 މާރޗް 2024 10:41
0

ބޮލީވުޑްގެ ބަތަލާ އަދިއްތީ ރޯއީ ހައިދަރީ އާއި ލޯބިވެރިއާ ސިދާންތް ކައިވެނި ކޮށްފިއެވެ.

މި ދެމީހުން ވަރަށް ސިއްރުން ކައިވެނި ކޮށްފައިވަނީ މިދިއަ ހަފްތާގެ ތެރޭގައި ކަމަށް ރިޕޯޓަތަށް ބުނެއެވެ. އަދި ވަރަށް އާދައިގެ ގޮތަކަށް ކުރެވިގެން ދިއަ މި ކައިވެނި ކޮށްފައި ވަނީ ރަގަނަތާ ސްވާމީ ޓެމްޕަލްގައި ކަމަށް ވެއެވެ.

ނަމަވެސް މި ކަމާއި ގުޅޭގޮތުން އެދެމީހުން ކުރެ އެކަކުވެސް ރަސްމީކޮން އެއްވެސް ވާހަކައެއް ދައްކައިފައިއެއް ނުވެއެވެ. އަދި ހަމަ އެއާއި އެކުގައި ކައިވެނި ކުރިކަން ވެސް އިއުލާން ކޮށްފައިއެއް ނުވެއެވެ. މި ފަހުން ވަނީ ބޮލީވުޑްގެ ބަތަލާ ތާޕްސީ ޕައްނޫ ވެސް ސިއްރުން ދުވަސްވީ ލޯބިވެރިއާ އާއި ކައިވެނި ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Aditi Rao Hydari (@aditiraohydari)

އަދިއްތީ އާއި ދިސާންތް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ވަނީ ދުވަސް ތަކެއް ވެފައިއެވެ. މީ އަދިއްތީގެ ދެވަނަ ކައިވެންޏެވެ. މީގެ ކުރިން އޭނާ ވަނީ އެކްޓަރު ސަތިޔަދީޕް މިޝްރާ އާއި ކައިވެނި ކޮށްފައިއެވެ. ސިދާންތް ވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިއެވެ. މޭގްނާ އާއި ސިދާންތް 2003 ގައި ކުރި ކައިވެނި ނިމުކަކަށް އައި 2007 ވަނަ އަހަރުގައިއެވެ.

 

View this post on Instagram

 

A post shared by Aditi Rao Hydari (@aditiraohydari)

އަދިއްތީ އަކީ ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދިފައި ނުވާ ބަތަލާއެކެވެ. ސިދާންތް އަކީ ސައުތުގެ ފިލްމް ތަކުން ފެންނަ އާންމު މޫނެކެވެ. އެކްޓަރެއްގެ އިތުރުން އޭނާ އާއި ޕްރޮޑިއުސަރެއް އަދި ޕްލޭބެކް ސިންގާއެއްވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.