މަގުމައްޗަށް ކުނި އަޅައިގެންނާއި، ގަވާއިދާ ޚިލާފަށް މުދާ ބަހައްޓައިގެން އިއްޔެ އެކަނިވެސް 18 ފަރާތެއް ޖޫރިމަނާ ކޮށްފި

މަގުމައްޗަށް ކުނި އަޅައިގެންނާއި، ގަވާއިދާ ޚިލާފަށް މުދާ ބަހައްޓައިގެން އިއްޔެ އެކަނިވެސް 18 ފަރާތެއް ޖޫރިމަނާ ކޮށްފި

Author
ހުސެއިން
26 މާރޗް 2024 11:56
0

މިއީ މި ރަމަޟޯން މަހާ ދިމާކޮށް މާލޭގައި އާންމުވެފައި ކަމަށްވާއިރު ސިޓީ ކައުންސިލުން ބުނީ އިއްޔެ އެކަނިވެސް މަގު މައްޗަށް ކުނި އަޅައިގެންނާއި ގަވާއިދާ ހިލާފަށް މަގުމަތީ މުދާ ބަހައްޓައިން ވިޔަފާރިކުރި 18 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓި ކައުންސިލުން ބުނެފައިވަނީ މިފަދަ އަމަލުތައް ގިނައިން ހިންގަނީ ބިދޭސީން ކަމަށްވާއިރު ޖޫރިމަނާ ފިޔަވާ މާބޮޑެތި ފިޔަވަޅުތަކެއް އެމީހުންނާމެދު ނާޅައެވެ.

އާންމު ތަންތަނުގައި ކުނި ބެހެއްޓުމާ ގުޅިގެން އެކި ފަރާތްތައް ޖޫރިމަނާ ކުރަމުންދާއިރު މަގުމަތީގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓާނަމަ މާލެ ސިޓީ ކައުންސިލުން ދަނީ 500 ރުފިޔާއިން ޖޫރިމަނާ ކުރަމުންނެވެ. އަދި އާންމުންނަށް ހިނގާބިނގާވުމަށް ދަތިވާ ގޮތަށް ދުވާރުމަތީ މުދާ ބަހައްޓައިގެން ވިޔަފާރި ކުރާނަމަ އެ ފަރާތްތައްވެސް ކައުންސިލުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

މިއަހަރު ރަމަޟާން މަހު މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމަށް ކަމާއި ބެހޭ އިދާރާތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މާލެ ސަރަހައްދުގެ މަގުތައް ސާފުކުރުމުގެ މަސައްކަތުގެ އިތުރުން މިސްކިތްތަކުގެ ބޭރުގައި ނަމާދުކުރަން، ހާއްސަކޮށް ހުކުރުކުރަން ހަދާ ސަފުތައް ހެދުމަށް ފަސޭހަވާނެހެން، މަގުގައި ގިބްލަ ޑިރެކްޝަން އެނގޭގޮތަށް ހުދު ލައިންވަނީ ކުރަހާފައެވެ. މީގެ އިތުރުން ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ގެ ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.