ކާތިކް އަށް ވިޝާލް ގެ ފިލްމްއެއް

ކާތިކް އަށް ވިޝާލް ގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
26 މާރޗް 2024 10:46
0

އަރަމުން އަންނަ ޒުވާން ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ކާތިކް އާރިއަން އަށް ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ގެ އެކްޝަން ފިލްމް އެއް ލިބިއްޖެއެވެ.

މި ފިލްމް އަކީ ކާތިކް ގެ ކުރިއަށް އޮތް ފިލްމް "ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަތު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން އަންނަނީ ބުނަމުންނެޗެ.

މި ފިލްމް އަކީ ބޮޑު ބަޖެޓަކުން ހަދާ ފިލްމް އެއް ކަމަށްވެއެވެ. މިހާރު ބޮލީވުޑްގައި ފިލްމް ހެދުމަށްކުރާ ހޭދަ ވަނީ ވަރަށް ބޮޑަށް ބޮޑުވެފައިއެވެ. އާންމުކޮން އޭ ލިސްޓްގެ ތަރިންގެ ފިލްމް ތަކަށް މިހާރު ވަރަށް ބޮޑެތި ބަޖެޓު ހަމަޖައްސައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ފިލްމްގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނެއެވެ. އަދި އެކަމަށް މިހާރު ތައްޔާވަމުން އަންނަ ކަމަށް ވެސް ވެއެވެ. ނަމަވެސް ފިލްމް އާއި ބެހޭގޮތުން މިހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން ވާހަކަދައްކައިފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

މި ފިލްމު ވާނީ "އޯމްކާރާ" އާއި "މަގުބޫލް" އާއި "ކަމީނޭ" އަދި "ހައިދަރު" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ވިޝާލާ އެކީ ކާތިކް މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.