"ހަސީން ދިލް ރުބާ" ގެ ދެވަނަ ބައިގެ ޓީޒާ އެއް އާންމުކޮށްފި

"ހަސީން ދިލް ރުބާ" ގެ ދެވަނަ ބައިގެ ޓީޒާ އެއް އާންމުކޮށްފި

Author
ފާތިމަތު ނާވީ
26 މާރޗް 2024 11:49
0

2021 އަހަރު ގެެނެސްދިން ކާމިޔާބު ފިލްމް "ހަސީން ދިލްރުބާ" ގެ ދެވަނަ ބައި ކަމުގައިވާ "ފިރް އާއޭ ހަސީން ދިލް ރުބާ" ގެ ޓިޒާއެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

މި ފިލްމްގެ ލީޑުން ވެސް ފެނިގެންދާނީ ފުރަތަމަ ފިލްމް ގެ ލީޑޫން ފެނިގެންދިއަ ތާޕްސީ ޕަންނޫ އާއި ވިކްރާންތު މަސީ އަދި ހާޝްވަރުދަން ރާނޭ އެވެ. ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިއަ މި ފިލްމް މިފަހަރުވެސް ޕްރިމިއާ ކުރާނީ ނެޓްފްލިކްސް އިންނެވެ.

ކުރީ ފަހަރޭ އެއްފަދައިން މިފަހަރުގެ ފިލްމްވެސް ލިޔެފައިވަނީ ކަނިކާ އެވެ. ފިލްމާއި ބެހޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކަމުން ތާޕްސީ ބުނެފައިވަނީ މިއީ ވަރަށް ރީތިކޮށް ލިޔެވަފައިވަ "މިސްޓްރީ" އެއް ކަމަށާއި މި ފިލްމުގައި މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

މި ފިލްމު ޑައިރެކްޓްކުރާނީ ޖޭޕްރާދު ދެސާއީ އެވެ. މީގެ ފުރަތަމަ ފިލްމް އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިއަ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.