ރަޝިއާގެ މޯލްއެއްގައި ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ އަދަދު 133 އަށް އަރައިފިއެވެ.
މި ހަމަލާގެ ޒިންމާ އައިސިސް ޖަމާއަތުންވަނީ އުފުލާފައެވެ. އެ ޖަމާއަތުން މި ހަަލާގެ ޒިންމާ އުފުލާފައިވަނީ އައިސިސްއާއި ގުޅުންހުރި ޓެލެގްރާމް ޗެނަލްއަކަށް ފޮނުވި މެސެޖެއްގައެވެ. އަދި އެ ޖަމާއަތުން މިހާރުވަނީ ހަމަލާ ދިން 4 މީހުންގެ ފޮޓޯ، އެއީ ކަންބަޔަކުން ނޭގޭ ގޮތަށް އާންމު ކޮށްފައެވެ.
ރަޝިއާއިން ބުނެފައިވަނީ މި ހަމަލާއާއި ގުޅިގެން 11 މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، އެމީހުންގެ ތެރޭގައި ހަމަލާދިން 4 މީހުންވެސް ހިމެނޭ ކަމުގައެވެ. އަދި ރަޝިއާއިން ބުނެފައިވަނީ އެމީހުން ހައްޔަރު ކޮށްފައިވަނި ހަމަލާއަށްފަހު ޔޫކުރެއިންއަށް ދާން އުޅެނިކޮށް ކަމުގައެވެ.
ޔޫކުރެއިންވަނީ މިހަމަލާއާއި އެގައުމާ އެއްވެސް ގުޅުމެއް ނެތްކަމުގައެވެ.
މި ހަމަލާގައި 140 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެފްއެސްބީ ފެޑެރަލް ސެކިއުރިޓީ ސާވިސް (ރަޝިއާގެ ދިފާއީ ވުޒާރާ) އިން ބުނެފައިވެއެވެ.
މިހަމަލާއާއި ގުޅިގެން އެމެރިކާއިން ބުނެފައިވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަކުން ޒިންމާ އުފުލުމަކީ ރަގަޅު މައުލޫމާތެއް ކަމުގައެވެ. އެހެންނަމަވެސް މި ހަމަލާއައި ގުޅޭގޮތުން ރަޝިއާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން އެނގޭގޮތުގައު މި ހަމަލާ ދެމުން ދިޔައިރު މީހުން ދުވާތަނާއި އަދި ހަމަލާއިން ސަލާމަތްވުމަށް ކޮންސެތް ހޯލުގެ ގޮނޑިތަކުގެ ދަށަށް ވަންނަ މަންޒަރުތައް ފެންނާން ހުރެއެވެ. އަދި އެއްޗިހިތަކެއް ކޮންސެޓް ހޯލުގައި ގޮވަމުންދާ އަޑުފައްގަޑު އިވިފައި ވެއެވެ. އަދި ބޮޑު އަލިފާނުގެ ހާދިސާއެއް އެ ކޮމްޕްލެކްސްގެ ފުރާޅުގައި ރޯވެ، ފުރާޅުވަނީ ވެއްޓިފައެވެ.
ހަތިޔާރު އެޅި މީހުން ހޯދުމުގެ މަސައްކަތް ރަޝިއާގެ ނޭޝަނަލް ގާޑުން ދަނީ ކުރަމުންނެވެ. ވައިޓް ހައުސްއިން ބުނީ މި ހަމަލާތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރަޝިއާއާއި ހަނގުރާމަކުރަމުންދާ ޔޫކްރެއިން އިން ވަނީ އެ ހަމަލާގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ.
އެމެރިކާއިން ބުނެފައިވަނީ ރަޝިއާގެ މީހުން އެއްވާތަނަކަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުންދާކަމުގެ ޖާސޫސީ މައުލޫމާތު އެގައުމިން މިމަހުގެ ކުރީކޮޅު ރަޝިއާއަށް ފޯރުކޮށްދީފައިވެއެވެ. އެހެންނަމަވެސް އެ މައުލޫމާތު އެއީ ޕްރޮޕަގެންޑާ މައުލޫމާތުކަމަށް ރަޝިއާއިން އޭރި ބެލިކަމަށް އެމެރިކާއިން ބުނެފައިވެއެވެ.