ކޯޓު އަމުރެއްގެ ދަށުން އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަން ފަށައިފި

ކޯޓު އަމުރެއްގެ ދަށުން އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަން ފަށައިފި

އޭސީސީން ކުރިޔަށް ގެންދާ ކޮރަޕްގެ ތަހުގީގަކާއި ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ރައީސް މޫސާ ނާޝިދުއާ ގުޅުންހުރި ތަންތަން ބަލާ ފާސްކުރަން ފަށައިފިއެވެ.

އޭސީސީން މޫސާ ނާޝިދުއާ ގުޅުންހުރި ތަންތަން ބަލާ ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އޭސީސީން ބުނެފައިވަނީ ބެޑްމިންޓް އެސޯސިއޭޝަންގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެ އެ އެސޯސިއޭޝަންގެ ރައީސްއާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަމުންދާ ކަމުގައެވެ. އެހެންނަމަވެސް މި ތަހުގީގާއި ގުޅުންހުރި އިތުރު ތަފްސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

އޭސީސީން މީގެކުރިން ބުނެފައިވަނީ، ބެންމިންޓަން އެސޯސިއޭޝަނަށް ރައްދުވާ ގޮތަށް ކޮރަޕްޝަނާ ގުޅުން ހުރި ގިނަ ތުހުމަތުތަކެއް ކޮށް އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައި ވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އެ އެސޯސިއޭޝަނަށް އެއްޗެހި ގަތުމުގައި އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުން ތަކެތި ގަތުންފަދަ ގިނަ މައްސަލަތަކަކާއެކު އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ.

އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްއާއި ގުޅުންހުރި ތަންތަން ބަލާ ފާސަކުރަމުން ދާއިރު، 22 މާރިޗު 2024ވަނަ ދުވަހަށް ތާވަލުކުރެވުނު ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާޙައުލެއް އޮތްކަމަށް އެ އެސޯސިއޭޝަނަށް ނުފެންނާތީވެ, އަހަރީ އާންމު ޖަލްސާ ފަސްކުރެވިފައިވާ ކަމަށް އެ އެސޯސިއޭޝަންއިން އިއްޔެވަނީ ބުނެފައެވެ.

އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބާއި ގުޅޭގޮތުން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ ހުރި މައްސަލަތައް ހައްލު ނުކޮށް ބާއްވާ އިންތިހާބެއް ބަލައި ނުގަންނާނެ ކަމަށެވެ.

ކޮޕަރްޝަންގެ ތުހުމަތުތަކެއް ކުރެވިގެން ލިޔެކިޔުންތަކާއި މައުލޫމާތު ހޯދަން އޭސީސީ އިން ވަނީ މިމަހުގެ 19 ވަނަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަންވެ ބަލާ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *