މުއްތަލިބްގެ ރައްދު ޝާހިދަށް: އަސާސީ ހިދުމަތް ދިނުމުގައި ކުރީ ސަރުކާރުންވީ އިހުމާލު!

މުއްތަލިބްގެ ރައްދު ޝާހިދަށް: އަސާސީ ހިދުމަތް ދިނުމުގައި ކުރީ ސަރުކާރުންވީ އިހުމާލު!

ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިރޭ ރައްދު ދެއްވައިފިއެވެ.

މ. ރަތްމަންދު އަށް ވަޑައިގެން ޝާހިދު "އެކްސް" ގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރަތްމަންދޫގައި ހިނގަމުންދާ ހުރިހާ މަޝްރޫއެއް ވެސް ހުއްޓާލާފައިވާ ކަމަށެވެ. ޝާހިދު މިސާލެއްގެ ގޮތުގައި ނެންގެވީ ރަތްމަންދޫގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ ނިޒާމު އެޅުމުގެ މަޝްރޫއު އާއި އިންޖީނުގެ އެޅުމެވެ. ޝާހިދު ވިދާޅުވީ ކުރީގެ ސަރުކާރުގައި ފައްޓާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު %90 ނިމިފައިވާ ކަމަށާއި އިންޖީނުގޭގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައި ހުރި ކަމަށެވެ. އަދި އެ ނޫން ވެސް މަޝްރޫއުތައް ފެށިފައި އެކި އެކި މަރުހަލާތަކުގައިވާ ކަމަށް ވިދާޅުވިއެވެ.

"މިއަދުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީގެ ހުރިހާ މަޝްރޫއެއް ވަނީ ހުއްޓާލައްވާފައި. މި ރަށުގެ ހުރިހާ މަޝްރޫއުތަކެއް ވަނީ ހުއްޓާލައްވާފައި." ޝާހިދު ވިދާޅުވިއެވެ.

ޝާހިދަށް ރައްދު ދެއްވައި މިނިސްޓަރު މުއްތަލިބް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ ނިޒާމު އެޅުމުގެ މަސައްކަތް ހުއްޓިފައިވަނީ ކުރީގެ ސަރުކާރުގައި ކަމަށެވެ. އަދި ސޮއި ކުރިތާ ދެ އަހަރުވީއިރު ކުރެވިފައިވަނީ އެންމެ %26 މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެނަކައިގަ މިފަދަ ޕްރޮޖެކްޓް ހިންގުމުގެ ޤާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އެކުންފުންޏާ ޙަވާލު ކުރުމަކީ އެރަށްތަކުގެ ރައްޔިތުންނަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ ސަރުކާރުން ވެފައިވާ އިހުމާލެއް." މުއްތަލިބް ވިދާޅުވިއެވެ.

މީގެއިތުރުން ރަތްމަންދޫ ބަނދަރު މަޝްރޫއަކީ އިންތިހާބަށް ޖެހި ކަޑައެއް ކަމަށާއި ވެރިކަން ނިމުނު އިރު، އެ މަޝްރޫއުގެ އީއައިއޭ ވެސް ހަދާފައި ނެތް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *