ކ.މާފުށީގައި އަލަށް ހިއްކުނު ބިމުން އެރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް 06 ގޯއްޗެއް ވިއްކުމަށް ހުޅުވާލައިފިއެވެ.
މާފުށީ ކައުންސިލުން ކުރި އިއުލާންގައިވަނީ، މި ގޯތި ގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑުފޮތް ގަތުމަށާއި، ބިޑު ހުށަހެޅުމަށް ދަޢުވަތު ހުޅުވާލަމެވެ.
ބިޑް ފޮތް ވިއްކުމަށާއި ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު:
|
ބިޑުފޮތް ވިއްކުން: |
24 މާރިޗު 2024 ވަނަ ދުވަހުން ފެށިގެން 24 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މިކައުންސިލްގެ ރިސެޕްޝަނުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑުފޮތެއްގެ އަގަކީ 30,000/-ރ (ތިރީސްހާސް ރުފިޔާ) އަށެވެ. |
|
ބިޑު ހުށަހެޅުން: |
05 މެއި 2024 ވާ އާދީއްތަ ދުވަހު ގޯތި A އަދި ގޯތި F 12:00ގައި މާފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމަށް ގޯތި B އަދި ގޯތި E 13:00ގައި މާފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމަށް ގޯތި C އަދި ގޯތި D 14:00ގައި މާފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމަށް |
މާފުށީ ކައުންސިލުން ބުނެފައިވަނީ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އަދި [email protected] މެއިލްއަށް ސީސީ ކުރެއްވުމަށް ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެ ކަމުގައެވެ.
މާފުށިން ވިއްކަން ހުޅުވައިލި ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގަ އެވެ.
މާފުށިން ވިއްކާ މި ހަ ގޯތީގެ ބީލަމުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 2،000ރ. އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން ބިން ވިއްކާ އެންމެ ބޮޑު އަގެވެ.
ބީލަމުގައި ބައިވެރިވުމަށް ބިޑު ފޮތް 30،000ރ. ގަންނަން ޖެހޭއިރު، ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000ރ. ބަހައްޓަންޖެހެ އެވެ.
ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން 50،000ރ. ގެ އެޑްވާންސެއް ދައްކަންޖެހޭ އިރު، ބިޑު ކާމިޔާބުކުރާ ޖުމްލަ އަގު 30 ދުވަހުގެ ތެރޭގައި ކައުންސިލަށް ދައްކާ ހަލާސްކުރަންޖެހެ އެވެ.
ކޮމެންޓު ފޮނުވާ