މާލޭގެ ދެ މިސްކިތެއްގެ ވުޟޫކުރާ ބަޔަށް ގެއްލުންދީފި

މާލޭގެ ދެ މިސްކިތެއްގެ ވުޟޫކުރާ ބަޔަށް ގެއްލުންދީފި

Author
ހުސެއިން
18 މާރޗް 2024 09:14
0

މާލޭގެ ދެ މިސްކިތެއްގައި އަންހެނުން ވުޟޫކުރާ ބަޔަށް ގެއްލުންދީފި އެވެ.

މިކަން ހާމަކޮށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަށް ބަޔަކު ހަލާކުކޮށްލާފައިވާ ކަމަށެވެ.

ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާޚާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ވަނީ ގެއްލުންދީ ހަލާކުކޮށްލާފަ ފާހަނާތަށި އަދި އިސްކުރު މަރާމާތުކުރުން މިރޭ ކުރިއަށް ގެންދެވޭނެ ވާހާކަ ހުރިހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އާޒިމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އާޒިމް ވަނީ ‏މިފަދަ ނާތަހުޒީބު އަމަލްތަށް ހުއްޑުވުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ބަންޑާރަ މިސްކިތުގެ ފާހަނާތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އިސްކުރު މަރާމާތުކުރުން މިރޭ ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.