އިލެކްޝަންސް ކޮމިޝަންސްގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބޭ އިސްލާހެއް

އިލެކްޝަންސް ކޮމިޝަންސްގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބޭ އިސްލާހެއް

Author
ހުސެއިން
18 މާރޗް 2024 11:43
0

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އޮންނަ ގޮތަށް ގަނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ. އޭނާ އިސްލާހު ހުށަހަޅުއްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ހަތަރުވަނަ މާއްދާއަށް އިސްލާހު ކުރުމަށެވެ.

މި ސިއްލާހު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީއެވެ.

އިސްލާހު ހުށަހަޅުއްވަމުން އޭނާ ވިދާޅުވެފައިވަނީ އީސީއަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އޮތުން މުހިންމު ކަމުގައެވެ. މި އިސްލާހުގައި ވާގޮތުން، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން، އީސީގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބެން ޖެހޭއިރު، ރައީސުލްޖުމްހޫރިއްޔާއަށް ހަމައެކަނި ލިބިދޭ ބާރަކީ މެމްބަރުން ކޮމިޝަނަށް އައްޔަން ކުރުމުގެ އިޚްތިޔާރު އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ހަތަރުވަނަ މާއްދާގައި، އިލެކްޝަން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަަށް ދީފައިވާއިރު، މެމްބަރު ކަމަށް އާންމުކޮށް އިއުލާނުކޮށްގެން ހުށަހަޅާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިގެން، ރައީސުލްޖުމްހޫރިއްޔާ އަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސް ކޮށްގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އެއް މަގާމް މިވަގުތު އޮތީ ހުސްކޮށެވެ. އެއީ އެކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިސްލާމާއިލް ހަބޫބުގެ ދައުރު މިމަހުގެ 13 ވަނަ ދުވަހު ނިމުމަކަށް އައުމާއި ގުޅިގެންނެވެ.

އެމަގާމަށް އައްޔަން ކުރުމަށް ކޮމިޝަންގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާގެ ނަން ރައީސް މުއިއްޒުވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.