އެޗްވައިއެމް ފުޓްސަލް ޗެލެންޖްގައި ޓްރީ ޓޮޕާއި ވުލްފް ގޭންގް ބައްދަލު ކުރި މެޗު. --- ފޮޓޯ: އެޗްވައިއެމް

އެޗްވައިއެމް ފުޓްސަލް ޗެލެންޖު: ހުޅުމާލެ ހޮސްޕިޓަލަށް މޮޅެއް، ޓްރީ ޓޮޕާއި ޓީމު ވުލްފް އެއްވަރު

އެޗްވައިއެމް ފުޓްސަލް ޗެލެންޖު: ހުޅުމާލެ ހޮސްޕިޓަލަށް މޮޅެއް، ޓްރީ ޓޮޕާއި ޓީމު ވުލްފް އެއްވަރު

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް" ގައި ހުޅުމާލެ ހޮސްޕިޓަލް ރޭ މޮޅުވި އިރު، ޓްރީ ޓޮޕާއި ޓީމު ވުލްފް ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ.

ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ މެޗުގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި ޓީމު ވުލްފް ބައްދަލު ކުރި މެޗު 3-3 އިން ވަނީ އެއްވަރުވެފައެވެ. މި މެޗުގައި ފުރަތަމަ ލީޑް ނަގައި ކުރި ހޯދީ ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.

އެޗްވައިއެމް ފުޓްސަލް ޗެލެންޖްގައި ޓްރީ ޓޮޕާއި ވުލްފް ގޭންގް ބައްދަލު ކުރި މެޗު. — ފޮޓޯ: އެޗްވައިއެމް

ފުރަތަމަ ހާފްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިބްރާހިމް ހައިޝަމްއެވެ. އަދި ދެވަނަ ހާފް ފަށައިގެން ޓްރީ ޓޮޕްގެ އަބްދުﷲ ވިސާމް ވަނީ އެ ޓީމަށް ލީޑް ފުޅާކޮށްދީފައެވެ. އެކަމަކު، ޓީމު ވުލްފުން ލަނޑު ޖަހައި އެ ޓީމަށް އުންމީދެއް ގެނުވައި ދިނީ ހުސެއިން ޒާހިރު (ޓުވެންޓީ)އެވެ. ޓުވެންޓީ ލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އަބްދުﷲ ވިސާމް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށްފައެވެ.

ޓްރީ ޓޮޕުން ތިން ލަނޑު ޖެހި ނަމަވެސް ލީޑްގައި މާ ގިނަ އިރުތަކެއް ވަންދެން ނޯވެވުނެވެ. ޓީމު ވުލްފްގެ އަހުމަދު ރަނީން އަދި އަބްދުالله އަރީފް ޖަހައި ދިން ގޯލްތަކުން މެޗުގެ ނަތީޖާ ވަނީ ހަމަހަމަކޮށްދީފައެވެ.

ރޭގެ ދެވަނަ މެޗުގައި ހުޅުމާލެ ހޮސްޕިޓަލް ވަނީ އެޗްވައިއެމް ފެނޮމިނަލްސް 2-1 އިން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ހޮސްޕިޓަލަށް ލީޑު ނަގާދިނީ އަލީ ޝާޒް ހިލްމީ ޖެހި ގޯލުންނެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ފެނޮމިނަލްސްގެ ހުސެއިން ޝިފާޒް ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެކަމަކު، ހުޅުމާލެ ހޮސްޕިޓަލުގެ އަބްދުالله ނާސިފް ގޯލު ޖަހާ އަލުން އެ ޓީމަށް ލީޑު ނަގައި ދިނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަބްދުﷲ ނާސިފެވެ.

ހުޅުމާލެ ހޮސްޕިޓަލާއި ވުލްފް ގޭންގް ބައްދަލު ކުރި މެޗު. — ފޮޓޯ: އެޗްވައިއެމް

ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޓްރީޓޮޕް ހޮސްޕިޓަލް, އެޗްވައިއެމް ޓީމް ވުލްފް، ޓީމް އެފްއެފް, އެޗްވައިއެމް ވެޓަރެންސްއެވެ. ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ހޮސްޕިޓަލް, އެޗްވައިއެމް ފެނޮމިނަލްސް, އެޗްވައިއެމް ބްލެކް ފްލޭޝް އަދި އެޗްވައިއެމް ބުލް ޝާކްއެވެ.

މި މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިރޭ 22:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ފެނޮމިނަލްސް އާއި އެޗްވައިއެމް ބްލެކް ފްލޭޝްއެވެ. ދެވަނަ މެޗުގައި 23:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ޓީމް ވުލްފް އާއި ޓީމް އެފްއެފްއެވެ.

އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހަބަރު އޮންލައިން"އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *