ފޯމްތައް ބާތިލެއް ނުވޭ، ހުރީ އިދާރީ މައްސަލަތައް: ޕީއެންއެފް

ފޯމްތައް ބާތިލެއް ނުވޭ، ހުރީ އިދާރީ މައްސަލަތައް: ޕީއެންއެފް

Author
ހުސެއިން
13 މާރޗް 2024 01:28
0

ފީއެންއެފް ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޮ ފޯމުތައް ބާތިލް ނުވާ ކަމަށާއި، ފޯމުތަކުގައި ހުރީ އިދާރީ މައްސަލަތައް ކަމަށް އެޕާޓީގެ ފަރާތުން ބުނެފިައެވެ.

ޕީއެންއެފް އުފެއްދުމުގައި އުޅުއްވާ، ކުރީގެ މިނިސްޓަރ މަލީހު ޖަމާލް ބައެެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅު އިލެކްޝަންސްއަށް ހުށަހެޅި ފޯމްތަކުގައި ބާތިލް ފޯމެއް ނެތްކަމަށާއި، ހުރީ މުޅިންވސް އިދާރީ މައްސަލަތަށް ހުރި ފޯމުތައް ކަމުގައެވެ.

އެހެންނަަމަވެސް ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ޕީއެންއެފްއިން 3370 ފޯމް ހުށަހެޅިކަމަށާއި، އެ ހުރިހާ ފޯމެއް ވެރިފައި ކުރުމުގެ މަސައްކަތް ކޮށް މިހާރު ނިމިފައިވާއިރު، އެ ފޯމްތަކުގެ ތެރެއިން 1،313 ފޯމްގައި މައްސަލަ ހުރުމުން ފުރިހަމަ ކުރުމަށް އިތުރަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އަދި 81 ފޯމެއް އީސީން ރިޖެކްޓުކޮށްފައިވާ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

ހަބީބު ވިދާޅުވީ ފޯމްތަކުގައި ހުރީ ތާރީހުފަދަ ކުދިކުދި މައްސަލަތައް ކަމަށާއި އެކަންކަން ރަނގަޅުކޮށްލުމުން ފޯމްތައް ބަލައިގަނެވޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން އިސްވެ އުފައްދަވަން ނިންމެވި ޕާޓީ އުފައްދަން ބޭނުންވާ 3000 ފޯމް ހަމަކޮށް 24 ގަޑިއިރުތެރޭ ހުށަހަޅާނެކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި މަލީހް ޖަމާލް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފޯމް ހަމަކޮށް އީސީއަށް ހުށަހެޅުނީ އޭގެ އެތައް މަހެއްފަހުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.