މަޖިލިހުގައި ހުރިނަމަ، މިހާރު ތިބި މެމްބަރުންގެ ދަތްދޮޅި ދުއްވާނުލާ ނުހުރެވުނީސް: އާދަމް ޝަރީފް

މަޖިލިހުގައި ހުރިނަމަ، މިހާރު ތިބި މެމްބަރުންގެ ދަތްދޮޅި ދުއްވާނުލާ ނުހުރެވުނީސް: އާދަމް ޝަރީފް

Author
ހުސެއިން
06 މާރޗް 2024 07:40
0

މަޖިލިހުގެ މެމްބަރެއްގެ ގޮތުގައޮ މިހާރު އޭނަ ހުރިނަމަ، މިހާރު ތިބި މެމްބަރުންގެ ދަތްދޮޅި ދުއްވާނުލާ ނުހުރެވުނީސް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް މުއިއްޒު މިއަދު މ. ދިއްގަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީސަރުކާރަށް ހުރަސްއަޅައި ރައްޔިތުންގެ ހިދުމަތްތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިވަގުތު އަމަލު ކުރަމުންދާ ގޮތުން އެ މެންބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރައީސްގެ ތަސައްވަރާއި އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒު ކުރަން ވަރަށް ގިނަ ގޮންޖެހުންތައް މަޖިލިހުގެ ތެރެއިން ކުރިމަތިވަމުން ދާއިދިއުމެވެ.

ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު މިއަދު އެތަނުގައި ހުރި ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވައި ނުލައި ހުރެވޭނެބާއޭ.

އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގައި މިވަގުތު ތިއްބެވީ އޭނާއާ އެކު ވަރަށް ގާތުން މިދިޔަ ހަތަރު އަހަރު މަސައްކަތް ކުރެއްވި މެންބަރުން ކަމަށެވެ. އެހެންނަމަވެސް ، މިހާރު އެ ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން، އެއިން ބޭފުޅެއްގެ ދަތްދޮޅި ދުއްވާ ނުލައި ކެތްކުރެވިދާނޭކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

މެމްބަރުންގެ ދަތްދޮޅި ދުއްވާލާނެކަމަށް ވިދާޅުވެ އާދަމް ޝަރީފް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ރައީސް ޔާމިންގެ ވެރިކަމުގައި އޭނާ ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް އޭރުގެ ސަރުކާރާ ދެކޮޅަށް މަޖިލިހުހެ ތެރެއިން ޕާޓީ ބަދަލުކުރި 12 މެމްބަރުންނަށް އިންޒާރު ދެއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.