ސީއެސްސީގެ މެމްބަރުކަމަށް މަޖިލީހަށް ފިނުއްވި ނަމަ އާންމުންގެ ޚިޔާލު ހޯދަނީ

ސީއެސްސީގެ މެމްބަރުކަމަށް މަޖިލީހަށް ފިނުއްވި ނަމަ އާންމުންގެ ޚިޔާލު ހޯދަނީ

Author
ހުސެއިން
05 މާރޗް 2024 11:36
0

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރެއްގެ ދައުރު ހަމަވެފައި ވާތީ، އެ މަގާމަށް އައްޔަނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފިއެވެ.

މަޖިލިހުން ނެރުނު އިއުލާންގައި ބުނެފައިވަނީ ސީއެސްސީ އަށް އައްޔަންކުރުމަށް ރައީސް މުއިއްޒު ފޮނުއްވާފައިވާ ނަންތައް މަޖިލިހުގެ ފްލޯއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

ސީއެސްއީއަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ނަންތަކަކީ:

  • ޢަބްދުލް ހަސީބް އިސްމާއީލް، ދަފްތަރު ނަމްބަރު ރސ. 7505
  • ފާތިމަތު ހަބީބް، ދަފްތަރު ނަމްބަރު ރސ. 9472
  • މަރްޔަމް ޝާހިދާ، މއ.ފްރެސްޓް

މަޖިލިސް އިދާރާއިން މި ނަންތަކާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިރޭގެ 11:30އާއި ހަމައަށެވެ.

ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަމްބަރު އެނގޭނެ ގޮތަށް ކޮމިޓީގެ އީމެއިލް އެޑްރެސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުުމުން ފޮނުވުމަށް ވަނީ އެދިފައެވެ.

ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި، ފާތުމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.