ރޯދަ އިނާޔަތް މަދުން ނުވަތަ އިތުރަށް ދީފައިވާނަމަ މާރިޗުމަހުގެ މުސާރައި އެބައި ހަމަޖައްސަން ޖެހޭނެ: ޕީސީބީ

ރޯދަ އިނާޔަތް މަދުން ނުވަތަ އިތުރަށް ދީފައިވާނަމަ މާރިޗުމަހުގެ މުސާރައި އެބައި ހަމަޖައްސަން ޖެހޭނެ: ޕީސީބީ

Author
ހުސެއިން
04 މާރޗް 2024 06:42
0

ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް 300 ރުފިޔާއަށްވުރެ ގިނައިން ނުވަތަ މަދުން އިނާޔަތުގެ ފައިސާ ދީފައިވާނަމަ، މާރިޗުމަހުގެ މުސާރަ ދޭއިރު އެ ބައި އެޖަސްޓުކުރަން ޖެހޭނެކަމުގައި ޕީސީބީން ބުނެފިއެވެ.

ޕީސީބީން ނެރުނު ސާކިއުލާއެއްގައި މިއަދު ބުނެފައި ވަނީ ރަމަޟާންމަހާ ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުުންނަށް ދޭނަމަ އަދި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށްވާނަމަ، ކޭޝްފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށް ސަމާލުކަން ދިނުމަށާއި ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތަށް ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަަމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ.

ޕީސީބީގެ ސާކިއުލާގައި ބުނެފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުންކަމަށެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ފިޔަވައި ދެވަނަ ދުވަހުން ފެށިގެން ރަމަޟާންމަހު ތެރޭގައި އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ޖެހޭ ވަރެއް ބަލައި އެ އަދަދަށް އިނާޔަތެއް ދިނުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ.

މުވައްޒަފުންނަށް ރޯދަ ހަދިޔާ ދޭންވާނީ ކޭޝްފްލޯއަށް އަސަރު ނުކުރާ ގޮތަށް ކަމަށްވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ސާލިއުލާގައި ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.