ބޫޝަން ކުމާރާއި ދިވްޔާގެ ކައިވެނި ނިމުމަކަށް

ބޫޝަން ކުމާރާއި ދިވްޔާގެ ކައިވެނި ނިމުމަކަށް

ޓީ ސީރީޒް ގެ ވެރިއާ ބޫޝަން ކުމާރު އާއި ބަތަލާ ދިވްޔާ ކޯސްލާ ކުމާރީ ގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ފިލްމް އިންޑަސްޓްރީގައި ނުފޫޒު ގަދަ މި ދެމީހުން ކައިވެނި ކުރީ 2005 ވަނަ އަހަރު ގައިއެވެ. އަދި މި ކައިވެނިން އެމީހުނަންށް ވަނީ ފިރިހެން ކުއްޖެއް ވެސް ލިބިފައިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި މި ކައިވެނި ރޫޅެން ދިމާވީ ބޫޝަން އާއި މިހާރު އަރަމުން އަންނަ ޒުވާން ބަތަލާ އަކާއި މެދުގައި އޮތް ގާތް ގުޅުން ކަމަށެވެ. އަދި އެމީހުންގެ ގުޅުމުގެ ސަބަބުން ބޫޝަންގެ ކައިވެންޏަށް ގޮންޖެހުންތަށް ކުރިމަތި ވަމުން އަންނަ ކަމަށްވެސް ބުނެފައިއެވެ.

ނަމަވެސް އެއީ ކޮން ތަރިއެއް ކަމެއް ނުބުނެއެވެ. ރިޕޯޓްތަށް ބުނާ ގޮތުގައި ޒުވާން ބަތަލާ އާއި ބޫޝަން އާއި ދެމެދުގައި އޮތީ ވަރަށް ސީރިއަސް ގުޅުމެއް ކަމަށާއި އެމީހުންގެ ގުޅުން ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

ނަމަވެސް މިކަމާއި ގުޅިގެން މިހާތަނަށް އަދި ރަސްމީކޮން އެއްވެސް އެއްޗެއް އެދެމަފިރިންގެ ފަރާތުން ބުނެފައިއެއެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *