އިދިކޮޅު ކޯލިޝަނުން މިރޭ "ނަގައި ހާލި" ނަމުގައި ޚާއްސަ ޖަލްސާއެއް ފުވައްމުލައް ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.
ކުރިއަށް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ރަށު ބަންދުގައި އިދިިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ތިއްބަވައިގެން އަތޮޅު ތެރޭގައި ކެންޕެއިން ހަރަކާތްތައް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިރޭ ފުވައްމުލައް ސިޓީގައި ބާއްވާ ޖަލްސާއަކީ ވަރަށް ފޯރިގަދަ ޖަލްސާއަކަށް ވެގެންދާނެކަމަށް މި ޖަލްސާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި ފުވައްމުލައް ސިޓީ ރަސްމީ ބޯޅަ ދަނޑުގައެވެ. މިޖަލްސާގައި ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވުމަަށް ހަމަޖެހިފައިވާއިރު، އެބޭފުޅުން ބައިވެރިވެ ވާހަކަ ދައްކަވާނީ ވީޑިއޯ މެދުވެރިކޮށް ޕީޕީއެމް މާލޭ އޮފީހުގައި ތިއްބައިގެންނެވެ.
Fuvahmulah City ge khaassa jalsa 'Nagai Haali' mirey 8:30 gai Fuvahmulah City Rasmee Boalha Dhandugai onnaane adhi PPM Male Jagahaigaves online koh jalsaage baiverinna PPM-PNC ge Leadership/PG/CM mukhathabkuravvaane.
? @Ch13official#FreePresidentYameen #MeeMageyRaajje pic.twitter.com/knzvDbgVOL— Ahmed Shiyam (@Shiyamaldives) December 17, 2020
އިދިކޮޅު ކޯލިޝަނުން ވަނީ މިޖަލްސާއި ބައިވެރިވުމަށް ފުވައްމުލަށް ސިޓީއަށް ދިއުމަށް މިހަފްތާގެ ކުރީ ކޮޅު އެޗްޕީއޭގެ ހުއްދައަށް އެދިފައެވެ. ނަމަވެސް މިއަދުގެ މިހާތަނަށްވެސް ސިޓީގެ ޖަވާބެއް އެޗްޕީއޭއިން ދީފައި ނުވާކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ވިދާޅުވެފައެވެ. މިރޭގެ ޖަލްސާގައި ޚާއްސަ ކަންތައްތަކެއް ފެނިގެންދާނެކަމަށް ޖަލްސާ އިންތިޒާމު ކުރާ ފަރާތުން ވިދާޅުވެއެވެ. އަދި މިއީ ފުވައްމުލަކުގައި ކައުންސިލް އިންތިޚާބުގެ ކެންޕެއިން ބާރަށް ކުރިއަށް ގެންދިއުމަށް ބޭއްވޭ ފުރަތަމަ ހަރަކާތް ކަމަށާއި، މި ޖަލްސާއަށްފަހު ފުވައްމުލަކުގައި ކެންޕެއިން ހަރަކާތްތައް ވަރަށް ފުޅާކޮށް ހިންގިގެންދާނެކަމަށް ފުވައްމުލަކު ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވެފައެވެ.
އިދިކޮޅު ކޯލިޝަނުން ރަށު ބަންދުގައި ތިބެ އަތޮޅު ތެރޭގައި ޖަލްސާތައް ބާއްވަން ފައްޓާފައިވާއިރު، އެންމެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ހއ.ބާރަށުގައެވެ. އޭގެ ފަހުން ލ.މާވަށުގައިވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ