"ޑޮން 3″ ގެ ބަތަލާ އަކީ ކިއާރާ

"ޑޮން 3″ ގެ ބަތަލާ އަކީ ކިއާރާ

Author
ފާތިމަތު ނާވީ
24 ފެބްރުއަރީ 2024 09:17
0

ކާމިޔާބު ފްރެންޗައިޒް ފިލްމް "ޑޮން" ގެ ތިންވަނަ ބައިގެ ބަތަލާ އަކީ ކިއާރާ އަދުވާނީކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އުފައްދާ އެކްސަލް އެންޓަޓައިންމަންޓުން އެކަން އިއުލާންކުރީ، ބޮޑު ހަބަރެއް ދޭނެ ކަމަށް އިއުލާން ކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. ނަމެވެސް އޭގެ ކުރިންވެސް މީޑީއާއިން މި ފިލްމްގެ ބަތަލާ އަކަށް ކިއާރާ ސޮއި ކޮށްފައިވާކަމަށް ވަނީ ބުނެފައިއެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 9 ގައި "ޑޮން 3″ ރަސްމީކޮށް އިއުލާންކުރުމާ އެކީ ފިލްމުގެ ބަތަލާ އަކީ ކިއާރާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. ނަމަވެސް ފަހުން ވަނީ ބައެއް އެހެން ނަންތަށްވެސް އައިސްފައިއެވެ.

 

View this post on Instagram

 

A post shared by Excel Entertainment (@excelmovies)

ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ ލީޑުން ރަންވީރު ސިންގް ފެނިގެންދާ "ޑޮން 3″ ގެ ވިލަން އަކީ އިމްރާން ހާޝިމީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.