"ޔޯދާ" ގެ ޓީޒާ މާދަމާ

"ޔޯދާ" ގެ ޓީޒާ މާދަމާ

Author
ފާތިމަތު ނާވީ
18 ފެބްރުއަރީ 2024 10:02
0

ބޮލީވުޑްގެ ތަރި، ސިދާތު މަލްއުތުރާގެ އެކްޝަން ތުރިލާ "ޔޯދާ" ގެ ޓިޒާ މާދަމާ ދައްކައިލާ ގޮތަށް ނިންމާ އެކަން އިއުލާން ކޮށްފިއެވެ.

މި ފިލްމް ގެ ޓިޒާ މާދަމާ ދައްކައިލާނެ ކަން އިއުލާން ކުރީ ފިލްމްގެ ޕޯސްޓަރު ދައްކައިލުމަށް 11 ކިލޯ މީޓަރު މަތިން "ސްކައި" ގައި ކުރިއަށް ގެންދިއަ އިވެންޓެއްގެ ތެރޭގައިއެވެ. މި އިވެންޓުގައި ވަނީ ފިލްމް ރިލީޒް ކުރާ ތާރީހް ވެސް އިއުލާން ކޮށްފައިއެވެ.

ވަރަށް ކުލަގަދަ ކޮށް ފަޒާގައި ކުރިއަށް ގެންދިއަ މި އިވެންޓުގައި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހުގައި ކަމަށް ވަނީ ބުނެފައިއެވެ. މިހާރުވެސް ރިލީޒް ކުރުން ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައިވާ މި ފިލްމަކީ ސިދާތް، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމަކީ އެ ސްޓޫޑިއޯ އަށް އޭނާ ކުޅެދޭ 7 ވަނަ ފިލްއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ ސިދާތު އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ 20 ނެޓްފްލިކްސް އިން ޕްރީމިއާކުރި ސްޕައި ތުރިލާ "މިޝަން މަޖުނޫ" އިންނެވެ. ސިދާތު ބޮލީވުޑަށް ނުކުތީ ކަރަން ޑައިރެކްޓްކުރި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ. އެ ފިލްމަކީ އާލިއާ ބަޓާއި ވަރޫން ދަވަން ވެސް ތައާރަފުވި ފިލްމެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.