އައްޑު އަތޮޅު ފޭދޫއިން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުލުން މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ކުރިން މި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރު ފަހު 2:30 ގައި ފޭދޫ ސްކޫލްގަ އެވެ. އެހެންނަމަވެސް ގުރުއަތުން މިހާރު ބާއްވަން ހަމަޖައްސާފައިވަނީ މިރޭ 8:00 ގައެވެ.
އައްޑޫއިނ ގޯތި ނުދޭތާ އެތައް އަހަރެއް ވެގެން ދިއުމަށްފަހު، ފާއިތުވި އަހަރު އެ ސިޓީން ގޯތި ދޭން ނިންމިއިރު އެންމެ ގިނައިން ގޯތި ދޭން ނިންމީ ފޭދޫއިންނެވެ. އޮގޮތުން އެ އަވަށުން 300 ގޯއްޗަށް ހުޅުވައިލި އެވެ. އެއީ ފޭދޫ ރަށްވެހިންނަށް ކެޓަގަރީ A) 250) ގޯއްޗާއި އެހެން އަވަށްތަކުގެ މީހުންނަށް (ކެޓަގަރީ B) ހާއްސަކުރި 50 ގޯއްޗެވެ.
މިރޭ ގުރުލުން ބާއްވާނީ ދެ ކެޓަގަރީން ގޯއްޗަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން ކެޓެގަރީ Aގެ ޝުމާރު ނަންބަރު 1 -270 އަށް އަދި ކެޓެގަރީ B ގެ ޝުމާރު ނަންބަރު 1-30 އަށެވެ.
ފޭދޫ އަވަށު އޮފީހުން ބުނެފައިވަނީ ކެޓެގަރީ ގެ ޝުމާރު ނަންބަރު 271 އަދި ކެޓެގަރީ B ގެ ޝުމާރު ނަންބަރު 31 އިން ފެށިގެން ހުރި ފަރާތްތަކުގެ ގުރުއަތު ނަގާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމުގައެވެ.
ފޭދޫގެ އިތުރުން ގޯތި ދޭން ނިންމީ ހިތަދު އާއި މީދޫގެ އިތުރުން ހުޅުދޫންނެވެ. އެގޮތުން ޖުމްލަ 1،000 ގޯއްޗަށް ހުޅުވައިލި އެވެ. އެއީ ހިތަދޫން 500 ގޯއްޗާއި މީދު އާއި ހުޅުދޫން ކޮންމެ އަވަށުން 100 ގޯއްޗެވެ. އެ އަވަށްތަކުގެ ގުރުލުން މިހާރު ވަނީ ބާއްވައިފަ އެވެ.