ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޮއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާފަންނުގެ މަޖީދީ މަގާއި، މާވެޔޮ މަގު ހިމެނޭ ސަރަހައްދުން 18 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހު (މާދަމާ)ގެ މެންދުރު 14:30 އިން 16:30 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
އަދި އެކަމަށްޓަކާ ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާފަންނުގެ މަޖީދީ މަގާއި، މާވެޔޮ މަގު ހިމެނޭ ސަރަހައްދުން 18 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހު (މާދަމާ)ގެ މެންދުރު 14:30 އިން 16:30 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް… pic.twitter.com/3fKXiQiQul
— STELCO (@STELCOMALDIVES) February 17, 2024
ކޮމެންޓު ފޮނުވާ