25 ފަޅު ރަށެއް ކައުންސިލްތަކަށް ދޫކުރަން ނިންމައިފި

25 ފަޅު ރަށެއް ކައުންސިލްތަކަށް ދޫކުރަން ނިންމައިފި

Author
ހުސެއިން
17 ފެބްރުއަރީ 2024 05:23
0

ސަރުކާރުގެ އިސްނެގުމަށް 25 ފަޅުރަށެއް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކުރަން ނިންމަވައި، އެ ފަޅުރަށްތަކަށް ކައުންސިލުތަކުން ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަވޭ އޮތޯރިޓީ މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، 25 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލާފައިވަނީ، 'މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު’ގެ ފަސްވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

މިދިޔަ އަހަރުގެ 25 ޖުލައިގައި އަމަލުކުރަން ފެށި އެ ގަވާއިދުގެ ފަސްވަނަ މާއްދާގެ (ށ)ގައި، ފަޅުރަށްތައް ދޫކުރެވޭނެ ތިން ގޮތެއް ބަޔާންކޮށްފައިވެ އެވެ. އެ ގޮތުން އޮންނަނީ:

1- މި ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާން ކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް 
2- ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާ އެކު، މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުށަހެޅުމުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަނޑައަޅާ ފަރާތަކަށް
3- ސަރުކާރުގެ އިސްނެގުމަށް، ފަޅުރަށެއް ބެލެހެއްޓުން، ވަކި ޝަރުތުތަކަކާ އެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން

މި މާއްދާގެ ތިންވަނަ ނަންބަރުގެ ދަށުން، ރައީސްގެ އިސްނެންގެވުމުގެ މަތިން ދޫކުރަން ހުޅުވާލާފައިވާ 25 ރަށަކީ:

1 ހދ. ފަރިދޫ – 26.46 ހެކްޓަރު
2- ހދ. ހިރިނައިދޫ – 6.40 ހެކްޓަރު
3- ށ. ނަރުރިނބުދޫ – 27.58 ހެކްޓަރު
4 ށ. މިގޫދޫ – 8.66 ހެކްޓަރު
5 ނ. ދީފުރަމް – 2.37 ހެކްޓަރު 
6 ނ. އިނގުރައިދޫ – 13.12 ހެކްޓަރު 
7 ރ. ހިބޫދޫ – 2.48 ހެކްޓަރު
8 ރ. ހުޅުދޫ – 1.63 ހެކްޓަރު 
9 ރ. ނެޔޮ – 7.19 ހެކްޓަރު 
10 ބ. މާއްޑޫ – 25.93 ހެކްޓަރު 
11 ބ. ދަކަންދޫ – 5.73 ހެކްޓަރު 
12 މ. މާހުރާ – 4.84 ހެކްޓަރު 
13 ފ. މަކުނުއެރި – 1.28 ހެކްޓަރު 
14 ދ. ފެންފުށި – 3.51 ހެކްޓަރު
15 ދ. މިނިމަސްގަލި – 4.64 ހެކްޓަރު 
16 ތ. ފެންމީރުފުށި – 1.70 ހެކްޓަރު 
17 ތ. ކަކޮޅަސް – 16.19 ހެކްޓަރު
18 ލ. ކަނޑަރު – 4.27 ހެކްޓަރު 
19 ލ. ބޮޑުމާބުޅަލި – 5.07 ހެކްޓަރު 
20 ގއ. ވިލިގަލާ – 3.25 ހެކްޓަރު 
21 ގއ. މުނަންދުވާ – 6.35 ހެކްޓަރު 
22 ގދ. މާނައިދޫ – 16.15 ހެކްޓަރު 
23 ގދ. އާކިރަހުއްޓާ – 9.21 ހެކްޓަރު 
24 ގދ. ވާރެޔަދުވާ – 3.44 ހެކްޓަރު 
25 ގދ. ލޮނުދޫ – 5.96 ހެކްޓަރު

ގަވާއިދު ބުނާގޮތުން، ރަށްތަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ. އަދި، ރަށްތަށް ދޫކުރާނެ ފަރާތްތަށް ނިންމާނީ، ވަޒީރުންގެ މަޖިލީހުގެ ހުއްދައާ އެކު ރައީސް އެވެ. މިގޮތަށް ކައުންސިލްތަކަށް ދޫކުރާ ރަށްތަށް، ރައީސްގެ ހުއްދައާ އެކު، ތިންވަނަ ފަރާތަކަށް ކުށްޔަށް ދިނުންފަދަ ކަންކަން ގަވާއިދުން ހުއްދަކުރެ އެވެ.

ރައީސް މިފަހުން ވަނީ، ރަށްރަށުގެ އިހުތިސޯސްތެރޭ ހުންނަ ފަޅު ރަށްރަށް ބޭނުންކޮށްގެން ކައުންސިލުތަކަށް ނަފާ ހޯދުމުގެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.