މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރަނީ އެމްޑީޕީން

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރަނީ އެމްޑީޕީން

Author
ހުސެއިން
16 ފެބްރުއަރީ 2024 10:07
0

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރަނީ އެމްޑީޕީންކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމްޑީޕީން މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 90 ކެނޑިޑޭޓުން ވާދަކުރާއިރު ވެރިކަންކުރާ ޕީއެންސީން ވާދަކުރަނީ 87 ކެނޑިޑޭޓުންނެވެ.

ކުރިޔަށް އޮޔް މަޖިލިސް އިންތިޚާބުގައި ޕާޓީތަކުން ކެނޑިޑޭޓުން ވާދަކުރާ ނިސްބަތަކީ:

  1. އެމްޑީޕީން: އަންހެން 6 ކެނޑިޑޭޓުން، ފިރިހެން 84 ކެނޑިޑޭޓުން، ކެނޑިޑޭޓުން، ޖުމްލަ 90 ކެނޑިޑޭޓުން
  2. ޕީއެންސީން: އަންހެން 2 ކެނޑިޑޭޓުން, ފިރިހެން 87 ކެނޑިޑޭޓުން، ޖުމްލަ 89 ކެނޑިޑޭޓުން
  3. ޑިމޮކްރެޓްސް: އަންހެން 12 ކެނޑިޑޭޓުން, ފިރިހެން 27 ކެނޑިޑޭޓުން, ޖުމްލަ 39 ކެނޑިޑޭޓުން
  4. ޖޭޕީ: އަންހެން 2 ކެނޑިޑޭޓުން, ފިރިހެން 8 ކެނޑިޑޭޓުން, ޖުމްލަ 10 ކެނޑިޑޭޓުން
  5. އަދާލަތު: ފިރިހެން 4 ކެނޑިޑޭޓުން, ޖުމްލަ 4 ކެނޑިޑޭޓުން
  6. އެމްޑީއޭ: ފިރިހެން 4 ކެނޑިޑޭޓުން, ޖުމްލަ 4 ކެނޑިޑޭޓުން
  7. އެމްއެންޕީން ފިރިހެން 2 ކެނޑިޑޭޓުން, ޖުމްލަ 2 ކެނޑިޑޭޓުން
  8. އަމިއްލަގޮތުން އަންހެން 20 ކެނޑިޑޭޓުން, ފިރިހެން 110 ކެނޑިޑޭޓުން، ޖުމްލަ 130 ކެނޑިޑޭޓުން
  9. 7 ޕާޓީން އަންހެން 22 ކެނޑިޑޭޓުން, ފިރިހެން 216 ކެނޑިޑޭޓުން، ޖުމްލަ 238 ކެނޑިޑޭޓުން.

2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ވާދަކުރި އަންހެން ކެނޑިޑޭޓުންނަށްވުރެ މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ އަންހެން ކެނޑިޑޭޓުންގެ އަދަދު މަކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި އެކްސް ޕޯސްޓެއްގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާފައިވަނީ 386 ކެންޑިޑޭޓުން ކަމަށާއި، އެއީ 43 އަންހެން 343 ފިރިހެން ކަމުގައެވެ.

އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރައްވަނީ 368 ކެންޑިޑޭޓުން ކަމަށާއި، އެއީ 42 އަންހެން ކެނޑިޑޭޓުންނާއި 326 ފިރިހެން ކެނޑިޑޭޓުން ކަމުގައެވެ.

އެއީ، %11.41 އަންހެން ބޭފުޅުން ނާއި، %88.58 ފިރިހެން ބޭފުޅުންނެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލީ ފަރާތްތަކަށް ނަން އަނބުރާ ގެންދިއުމަށް ދިން ފުރުސަތުގައި، ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާ އަށް، ޕީއެންސީން ގައްދޫ ދާއިރާއަށް، ޑިމޮކްރެޓްސް އިން ހިތަދޫ މެދުދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއެކު ޖުމްލަ 4 ކެންޑިޑޭޓުންވަނީ ނަން އަނބުރާ ގެންދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ ޖުމްލަ 381 ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން 9 ކެންޑިޑޭޓެއްގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައި ނުވެއެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާ ހިމެނޭއިރު، މިދާއިރާތަކަށް ސިޔާސީ ހުރިހާ ޕާޓީތަކުން މިހާރު ވަނީ ކެންޑިޑެސީ ފޯމުތައް ހުށަހަޅައިފައެވެ.

މާޗު 17 ގައި އިންތިހާބު ބާއްވަން މިހާރު ތާވާލުކޮށްފައި ވާއިރު، ރޯދައިގެ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ވަނީ ގާނޫނަށް ބަދަލު ގެނެސްފައެވެ. އެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގެއް ނުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.