ރަކުލް އާއި ޖެކީގެ ކައިވެނި މިމަހުގެ 21 ގައި

ރަކުލް އާއި ޖެކީގެ ކައިވެނި މިމަހުގެ 21 ގައި

Author
ފާތިމަތު ނާވީ
15 ފެބްރުއަރީ 2024 01:29
0

ބޮލީވުޑްގެ ދެތަރިން ކަމުގައިވާ ޖެކީ ބަގްނާނީ އާއި ރަކުލް ޕްރީތް ސިންގް ގެ ކައިވެނި މިމަހުގެ 21 ވަނަ ދުވަހުގައި އޮންނާނެ ކަމަށް މީޑިއާއިން ބުނެފިއެވެ.

އަދި އެމީހުންގެ ވެޑިންގ ކާޑް ކަމަށް ބުނެ މިހާރު އަންނަނީ މީޑިއާގައި ކާޑްއެއް ދައުރު ވަމުންނެވެ. އެކާޑުން އެގޭ ގޮތުގައި އެކައިވެނި މި މަހުގެ 21 ވަނަ ދުވަހުގައި ކުރެވިގެންދާނެއެވެ.

މި އަހަރު ކައިވެނި ކުރާނެ ކަން މި އަހަރު ކުރީކޮޅު އިއުލާން ކުރި ދެތަރިންގެ ކައިވެނި ކުރެވިގެންދާނީ ހިންދޫ ދީނުގެ ސަގާފަތާއި އާދަކާދައާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެމީހުންގެ ކައިވެންޏަކީ އެވާރްމެންޓް ފްރެންޑްލީ ކައިވެންޏަކަށް ހަދާނެ ކަމަށް މައުލޫމާތު ލިބެއެބެވެ.

އެހެން ކަމުން ހަވާ އެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތަށް ފެނިގެން ނުދާނެ ކަމަށްވެއެވެ. އަދި ހަމަ އެއާއި އެކުގައި ކައިވެނި ކުރެވިގެން ދާނީ ވަރަށް ސާދާ ސީދާ ކޮށް ކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ރަކުލް، 33، އާއި ޖެކީ، 39، ރައްޓެހިވެގެން އުޅޭކަން އިއުލާންކުރީ 2021 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.