ކައިވެންޏަށް ޖެކީގެ ގެ ޒީނަތްތެރި ކުރަން ފަށައިފި

ކައިވެންޏަށް ޖެކީގެ ގެ ޒީނަތްތެރި ކުރަން ފަށައިފި

Author
ފާތިމަތު ނާވީ
15 ފެބްރުއަރީ 2024 11:00
0

ބޮލީވުޑްގެ ދެތަރިން ކަމުގައިވާ ޖެކީ ބަގްނާނީ އާއި ރަކުލް ޕްރީތް ސިންގް ގެ ކައިވެނީގެ ތައްޔާރީތަށް ފަށައިފިއެވެ.

މި މަހުގައި ކައިވެނި ކުރުމަށް ތައްޔާރު ވަމުން އަންނަ މި ދެތަރިން ގެ ކައިވެނީގެ ޝޯޕިން ފެށިފައިވާ އިރުގައި މިހާރު އަންނަނީ ޖެކީ ގެ ގެ ޒީނަތްތެރި ކުރަމުންނެވެ. އެގޮތުން ކުލަ ބޮކި ދިއްލައި ގޭ ޒީނަތްތެރި ކުރުމުގެ ކަންކަން ދަނީ ބާރަށް ކުރިއަށެވެ.

މި އަހަރު ކައިވެނި ކުރާނެ ކަން މި އަހަރު ކުރީކޮޅު އިއުލާން ކުރި ދެތަރިންގެ ކައިވެނި ކުރެވިގެންދާނީ ހިންދޫ ދީނުގެ ސަގާފަތާއި އާދަކާދައާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެމީހުންގެ ކައިވެންޏަކީ އެވާރްމެންޓް ފްރެންޑްލީ ކައިވެންޏަކަށް ހަދާނެ ކަމަށް މައުލޫމާތު ލިބެއެބެވެ.

އެހެން ކަމުން ހަވާ އެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތަށް ފެނިގެން ނުދާނެ ކަމަށްވެއެވެ. އަދި ހަމަ އެއާއި އެކުގައި ކައިވެނި ކުރެވިގެން ދާނީ ވަރަށް ސާދާ ސީދާ ކޮށް ކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

ރަކުލް، 33، އާއި ޖެކީ، 39، ރައްޓެހިވެގެން އުޅޭކަން އިއުލާންކުރީ 2021 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.