މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ދުންޔާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ދުންޔާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

Author
ހުސެއިން
14 ފެބްރުއަރީ 2024 10:59
0

ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދައިރާއަށް ވާދަކުރެއްވުމަށް އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްފައިވިއެވެ.

ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ދުންޔާ މައުމޫނު އިއްޔެ ފޯމު ހުށަހަޅުއްވާފައިވާއިރު, ފާއިތުވި, ޕީއެންސީގެ އެދާއިރާގެ ޕްރައިމަރީގައިވެސް ދުންޔާ ވަނީ ވާދަކުރައްވާފައެވެ. އެހެންނަމަވެސް ޕީއެންސީން ޕްރައިމަރީގެ ކާމިޔާބު ކޮށްފައިވަނީ ޝަނީޒް ހާޝިމް (ޝާންކޮ) އެވެ.

އޭނާ އަށް 240 ވޯޓު ލިބުނުއިރު, ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ އަޝްރަފަށެވެ. އޭނާ އަށް 102 ވޯޓު ލިބުނުއިރު, ތިން ވަނަ އަށް ދިޔަ ދުންޔާ އަށް ލިބިފައިވަނީ އެންމެ 70 ވޯޓެވެ.

ދުންޔާ މައުމޫން ޕީޕީއެންއާއި ގުޅިނީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައެވެ.

ހުޅުމާލެ ދެކުނު ދައިރާއަށް އެމްޑީޕީގެ ޓިކެޓްގައި ޑރ. ޝަމްހީދު ވާދަކުރައްވާއިރު, ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވަނީ މަހުޖަނު ގާސިމް އިބުރާހިމްގެ އަނބިކަބަލުން, އަދި ރައީސް ސާލިހުގެ ވެރިކަމުގައި ޓްރާންސްޕޯޓު މިނިސްޓަރުކަން ކުރެއްވި އައިޝަތު ނަހުލާއެވެ. އަދި ޑިމޮކްރެޓްސްއިިން އެދާއިރާއަށް ވާދަކުރަނީ މިހާރުގެ މަޖިލިސް މެމްބަރު ފިރުޝާންއެވެ. ރައީސް ޔާމިންގެ ތާއީދާއެކު އެ ދާއިރާއަށް ވާދަކުރައްވަނީ ޢަބްދުއްޞަމަދު (ސަމަދުބެ)އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.