އަސްލަމާއި ސަލީމް ވަކިކުރަން ހުށަހަޅި މައްސަލަ އަނބުރާ ނަގައިފި

އަސްލަމާއި ސަލީމް ވަކިކުރަން ހުށަހަޅި މައްސަލަ އަނބުރާ ނަގައިފި

Author
ހުސެއިން
14 ފެބްރުއަރީ 2024 10:53
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހްމަދު ސަލީމް މަގާމުން ވަކި ކުރުމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުށަހަޅާފައި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

މަޖިލިސް ރައީސްއާއި ނާއިބުރައިސް ވަކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޕީޕީއެމް / ޕީއެންސީއާ އަދި އެމްއެމްޕީގެ އިތުރުން އެމްޑީއޭގެ މެންބަރުންވެސް ގުޅިގެންނެވެ. އެ މައްސަލާގައި ޖުމްލަ 23 މެމްބަރުން ސޮއި ކުރިއެވެ. މައްސަލަ މަޖިލީހަށް ވެއްދީ ފާއިތުވި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

އެގޮތުން، ޕީޕީއެމާއި ޕީއެންސީއަށް ނިސްބަތްވާ 18 މެންބަރުންގެ އިތުރުން، އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ.

މި މައްސަލަ އަނބުރާ ގެނދިއުމަށް ބޭނުންވެ ސޮއި އަބުރާ ނެންގެވީ ތެރެއިން 13 މެމްބަރެކެވެ.

އެ މެމްބަރުން އަނބުރާ ސޮއި ނަގާފައިވާ ސަބަބެއް ކަމަށް ފާހަގަ ކުރެއްވީ، މިވަގުތަށް މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.