ނުވަ ވަނަ ބުރިން ވެއްޓި އަނިޔާވި މީހާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ

ނުވަ ވަނަ ބުރިން ވެއްޓި އަނިޔާވި މީހާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ

Author
ހުސެއިން
13 ފެބްރުއަރީ 2024 02:54
0

މިއަދު މާލޭގެ ގެއެއްގެ ނުވަ ވަނަ ބުރިން ވެއްޓި އަނިޔާވި މީހާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އެއީ .އިންޑިއާގެ އުމުރުން 20 އަހަރުގެ ފިރިހެނެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އަދި އެމީހާ ވެއްޓުނީ އޭސީއެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން އުޅެނިކޮށް އެ އިމާރާތުގެ ނުވަ ވަނަ ބުރީގެ ވައި ގޮޅިން ކަމަށްވެސް އެނގިފައިވެއެވެ. 9 ވަނަ ފަންގިފިލާގެ ވައިގޮޅިން އޭނާ ވެއްޓިފައިވަނީ ބިންމައްޗަށެވެ.

ފުލުހުން ވިދާޅުވީ ޗާންދަނީމަގުގައި ހުރި އިމާރާތެއްގެ މަތިން ފިރިހެނަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ހެނދުނު 10:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އެމީހާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުންދެމުން ދަނިކޮށް މަރުވީ މިއަދު 1:30 ހާއިރުއެވެ.

އިމާރާތުން ވެއްޓުނު މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ސާފުވެފައެއް ނުވެއެވެ.

މިހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.