ސިދާންތު އާއި ތުރިޕްތީ އަށް ކަރަންގެ ފިލްމެއް

ސިދާންތު އާއި ތުރިޕްތީ އަށް ކަރަންގެ ފިލްމެއް

Author
ފާތިމަތު ނާވީ
17 ފެބްރުއަރީ 2024 05:44
0

ބޮލީވުޑްގެ ހުނަރުވެރި ދެ ތަރިން ކަމުގައިވާ ސިދާންތު ޗަތުރްވޭދީ އާއި ތުރިޕްތީ ދިމްރީ އަށް ކަރަން ޖޯހަރްގެ ޕްރޮޑަކްޝަން ހައުސް، ދަރްމާ ޕްރޮޑަކްޝަންގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

މި ދެ ތަރިންނަކީ ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި އެކުގައި މަސައްކަތް ކޮށްފައިވާ ދެ ތަރިންނެވެ. އެގޮތުން ސިދާންތް ވަނީ ދީޕިކާ ޕަދުކޯން އާއި އެކުގައި ފިލްމް "ގެހެރާއިޔާ" ގައި މަސައްކަތް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Triptii Dimri (@tripti_dimri)

އަދި ހަމަ އެއާއި އެކުގައި ތްރިޕްތީ ވަނީ ކަރަންގެ ފޭވަރިޓް އާލިއާ ބަޓް ގެ ފިރިމީހާ ރަންބީރު ކަޕޫރު އާއި އެކުގައި މަސައްކަތް ކޮށްފައިއެވެ. އެއީ މިދިއަ ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމް "އެނިމަލް" އެވެ. އެ ފިލްމް ގައި ތްރިޕްތީ ވަނީ ރަންބީރު އާއި އެކުގައި ވަރަށް ގައިގޯޅި މަންޒަރު ތަކެއް ހިމެނޭ ރޯލަކުން ފެނިގެން ގޮސްފައިއެވެ.

މި ދެތަރިންނަކީ ވެސް ވަރަށް ބުރަ މަސައްކަތުން އަދި އެކްޓިންގެ ހުނަރުގެ ސަބަބުން މިހާހިސާބަށް އައިސްފައިތިބި ވަރަށް ހުނަރު ވެރި ދެތަރިންނެވެ. މި ފިލްމް އާއި ބެހޭ ގޮތުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.