2019 ބައިސްކޯފުން ގެނެސްދިން "ތިން ބިބީ" އިން އެކްޓިން އަށް ނުކުތް ޝިޔާ، 24، ޒުވާން ބަތަލާ ވާޝިޔާ މުހައްމަދު (ޝިޔާ) ގެ ހެދުންތަކެއް އޮންލައިންކޮށް ވިއްކަން ފަށައިފި އެވެ.
އެކްޓް ކުރުމުގެ އިތުރުން މޮޑެލް އެއްގެ ގޮތުގައި ވެސް ފެނިގެންދާ ވާޝިޔާ ހެދުން ތަކެއް ވިއްކާލަން އިއުލާން ކުރުމަށް ފަހު ވަނީ މިކަމަށް ހާއްސަކޮން ޕޭޖެއްވެސް ހަދައިފައިއެވެ.
ކްލައުޑީތުރިފްޓް.އެމްވީގެ ނަމުގައި އޭނާ މި ޕޭޖް ހަދައިފައިވާ އިރުގައި ހެދުންތަށް ސައިޒް އަދި އަގާއި އެކުގައި ފޮޓޯ ވަނީ ޕޯސްޓް ކޮށްފައިއެވެ. މި ހެދުން ތަކުގެ ތެރޭގައި އޭނާ ބައެއް ފިލްމްތަކުގައި އަދި މޮޑެލް ކުރުމުގައި ވެސް ބޭނުން ކުރި ހެދުންތަށް ހިމެނެއެވެ.
ޝިޔާގެ ހެދުންތަކެއް ވިއްކައިލަމުން އަންނަ އިރު، މިއީ ރާއްޖެ އިން ބޭރުގައި ވެސް ބައެއް ސެލެބްރިޓީން އާންމުކޮށް ކުރާ ކަމެކެވެ. އެގޮތުން އެންމެ ނުފޫޒު ގަދަ އެއް ސެލެބްރިޓީ ކަމުގައިވާ ކިމް ކާޑޭޝިއަން އަކީވެސް މިގޮތަށް ހެދުން ވިއްކާ ސެލެބްރިޓީއެކެވެ.
މިހާތަނަށް ގިނަ ސީރީޒްތަކެއް ކުޅެ އަދި މިހާރު ފިލްމުތަކުން ވެސް ފެންނަމުން އަންނަ އުންމީދީ ބަތަލާ ދެން ފެނިގެންދާނީ "ދެރިޔާ" ގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް…" ގެ ވެސް ބަތަލާ ގެ ގޮތުގައިއެވެ. މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ކަންބަޅިގެ ރޯލަކުން ވެސް އޭނާ ފެނިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ