ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަން ކުރެއްވި އަމީން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރ. އުނގޫފާރު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
އަމީން ކުރެއްވީ އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި،އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
މާތްﷲގެ ރަޙްމަތްފުޅާއިއެކު އިންތިޚާބް ކާމިޔާބުކޮށް ދާއިރާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތަށް އަތުކުރި އޮޅަމުން، ދާއިރާ ރައްޔިތުންގެ ތާއީދަށް އެދެމެވެ.
އަމީންގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އަމީންވަނީ ރައީން ޔާމިންގެ ދައުރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާފައެވެ. އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަމުގައި ހުންނަނިކޮށް އަމީން މަގާމުން އިސްތިއުފާ ދެއްވީ ކޯވިޑް19ގެ ކާރިސާގެ ތެރޭގައި ފެންމަތިވި ވެންޓިލޭޓަރު މައްސަލާގައި ކުރިމަތިވި ޕްރެޝަރުތަކާއެކުއެވެ.
އެހެންނަމަވެސް މައްސަލަ ތަހުގީގު ކުރުމަށްފަހު އޭސީސީން ނިންމާފައިވަނީ އެމައްސަލާގައި އަމީންގެ އިހުމާލެއް ނެތްކަމަށެވެ.
އަމީންވަނީ ރައީސް ވަހީދުގެ ދައުރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އަމީން މިހާރު ހުންނެވީ ޖުމުހުރީ ޕާޓީގައެވެ.
ކޮމެންޓު ފޮނުވާ