އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ތިން ދިވެއްސަކަށް އަނިޔާ ވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކޮޗިންއިން ޓްރިވެންޑްރަމްއަށް ދަތުރު ކުރަމުންދަނިކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެއްގެ އިތުރުން 54 އަހަރުގެ މީހެކެވެ. އެންމެންނަކީވެސް ރ. އަލިފުށި މީހުންކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްކަމަށް އެނގިފައި ވެއެވެ.
އަނިޔާވި ތިން މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ