ތިން ރަށެއްގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ދަނީ

ތިން ރަށެއްގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ދަނީ

Author
ހުސެއިން
10 ފެބްރުއަރީ 2024 11:36
0

ދެ ކައުންސިލެއްގެ ރައީސްގެ ގޮނޑި އާއި އެއް ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ބައި އިލެކްޝަން މިއަދު ކުރިޔަށްދަނީ ފ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި އާއި ވ. ފެލިދޫ ކައުންސިލް ރައީސްގެ ގޮނޑިއާއި އަދި ރ. ރަސްގެތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އަށް މެމްބަރުން އިންތިހާބު ކުރުމަށެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މި މިހާރު ކުރިއަށްދާ ބައި-އިލެކްޝަންތަކުގެ ވޯޓު ފޮށިތައް މާލޭގެ އިތުރުން 8 ރަށެއްގައި ކުރިއަށްދާއިރު، 11 ވޯޓުފޮއްޓެއް ބެހެއްޓިފައިވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އެންމެން އެހައްގު އަދާ ކުރުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.