ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާން ކުރިތާ މިވީ 12 ދުވަސް ތެރޭގައި މިހާތަނަށް އިންތިޚާބުގައި ވާދަ ކުރުމަށް ފޯމު ހުށަހަޅާފައިވަނީ އެންމެ 18 ވަރާތަކުން ކަމަށާއި، އިންތިޚާބަށް ކުރިމަތިލުމަށް ބާކީ އެންމެ 4 ދުވަސް އޮތް އިރު، ކުރިމަތި ލުމުގެ މުއްދަތު އިތުރު ނުކުރާނެ ކަމުގައި އިލެކެޝަންސް ކޮމިޝަންއިން ބުނެފިއެވެ.
އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިހާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށާއި، ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 ކަމުގައެވެ. އަދި ހަބީބު ވިދާޅުވީ ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމުގައެވެ.
އެގޮތުން މިހާތަނަށް އީސީއަށް ލިބިފައިވަނީ 18 އެޕްލިކޭޝަން ފޯމުކަން ފާހަގަ ކުރައްވަމުން ހަބީބު ވިދާޅުވީ އިއްޔެ ލިބުނީ ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ 2 ފަރާތަކުން ހުށަހެޅުއްވި 2 ފޯމު ކަމުގައެވެ. މި އެ 3 ފޯމުވެސް ވެސް އީސީން ގަބޫލު ކޮށްފައި ވާކަމަށްވެސް ހަބީބު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ހަބީބި އިތުރަށް ވިދާޅުވީ، އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑު ގެ ދެފުށުގެ ސާފު ކޮޕީ ހުށަހަޅަންކެހޭނެ ކަމަށާއި، ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން އެކައުންޓް ހުޅުވުމުގައި، ދިމާވި ދަތިތައް ޙައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ބޭންކުތަކުގައި ދަންނަވާފައިކަން ފާހަގަ ކުރައްވާ ހަބީބު ވިދާޅުވީ، އެންމެ ފަހު ވަގުތުގައި ފޯމު ލައްވަން މަޑުކުރައްވައިފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާޙް ކުރުމުގެ ފުރުޞަތު ނުލިބިދާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ