ޝްރައްދާ އަންނަނީ އިތުރު ފިލްމް ތަކަކށް ތައްޔާރު ވަމުން

ޝްރައްދާ އަންނަނީ އިތުރު ފިލްމް ތަކަކށް ތައްޔާރު ވަމުން

Author
ފާތިމަތު ނާވީ
10 ފެބްރުއަރީ 2024 11:31
0

އިތުރު ދެތިން ފިލްމް އަކަށް ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ޝްރައްދާ ކަޕޫރު ބުނެފިއެވެ.

މިހާރު މަސައްކަތް ކުރަމުން އަންނަ "އިސްތިރީ 2″ އަށް ފަހު އިތުރު ދެތިން ފިލްމް އެއް ގެ މަސައްކަތް ފަށާނެ ކަމަށާއި އެ ފިލްމް ތަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

މީޑިއާ އާއި ވާހަކަ ދައްކަމުން ޝްރައްދާ ބުނީ މި ދެފިލްމް އަކީ ވެސް ދެ ޖޯންރާ އެއްގެ ފިލްމް ކަމަށެވެ. އެގޮތުން އެއް ފިލްމް އަކީ މައިތޮލޮޖިކަލް ޖޯންރާގެ އެއްޗެއް ކަމަށާއި އަނެއް ފިލްމަކީ ޓައިމް ޓްރެވެލް ޒޯން ޖޯންރާގެ އެއްޗެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

 

View this post on Instagram

 

A post shared by Shraddha ✶ (@shraddhakapoor)

މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު، ޝްރަދާ، 34، މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އިރު، އޭނަގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "އާޝިގީ 2″ އާއި "އޭކް ވިލަން" އަދި "އިސްތިރީ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.