ތައިމޫރު އެކްޓަރަކަށް ވާކަށް ބޭނުމެއް ނޫން: ކަރީނާ

ތައިމޫރު އެކްޓަރަކަށް ވާކަށް ބޭނުމެއް ނޫން: ކަރީނާ

Author
ފާތިމަތު ނާވީ
10 ފެބްރުއަރީ 2024 11:44
0

ދޮށީ ދަރިފުޅު ތައިމޫރު ގެ އެއްވެސް ޝައުގެއް އެކްޓިންގ އަށް ނެއް ކަމަށް ބަލަތާ ކަރީނާ ކަޕޫރު ބުނެފިއެވެ.

ކަރީނާ ބުނީ ތައިމޫރަކީ ފުޓްބޯޅަ އަށް ވަރަށް ލޯބިކުރާ ކުއްޖެއް ކަމަށާއި އޭނަ ވާން ބޭނުން ވަނީ އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ކަހަލަ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ކަމަށެވެ.

ކަރީނާ އިތުރަށް ބުނީ ތައިމޫރު ދާން ބޭނުންވާ ރޮނގެއް ނިންމަން އެމީހުން ބާރު ނާޅާ ކަމަށާއި އެއީ ތައިމޫރު އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ. ދަރިންގެ ނިންމުން ތަކުގައި އެމީހުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ކަރީނާ ވަނީ ބުނެފައިއެވެ.

ތައިމޫރަކީ ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރުގެ ދޮށީ ދަރިފުޅެވެ. އޭނާ އުފަންވެފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު 20ގަ އެވެ. ދެން ހަގަށް ހުންނަނީ  ޖަހާންގީރް ( ޖެއި ) އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.