ރިޗާ ބަނޑުބޮޑު

ރިޗާ ބަނޑުބޮޑު

Author
ފާތިމަތު ނާވީ
11 ފެބްރުއަރީ 2024 07:17
0

ބޮލީވުޑްގެ ހުނަރުވެރި ދެތަރިން ކަމުގައިވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

އެހަބަރު އެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ބުނެފައިވަނީ ދެ މީހުން ތިނެކަށް ވާން އުޅޭ ކަމަށާއި ތުއްތުގެ ހިތެއްގެ ވިންދު ޖަހަން ފަށާފައިވާ ކަމަށެވެ. މީ މި ދެމީހުންގެ ވެސް އަލަތު ދަރިފުޅެވެެ. އެއާއި އެކުގައި ގިނަ ބަޔަކު އަންނަނީ އެމީހުންނަށް ތަހުނިޔާ ފޮނުވަމުންނެވެ.

 

View this post on Instagram

 

A post shared by ali fazal (@alifazal9)

އެކީގައި 2013 ގެ ފިލްމު "ފުކްރޭ" ގައި ވެސް މަސައްކަތްކޮށްފައިވާ އަލީ، 37، އާއި ރިޗާ، 37، ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށްފަހު 2022 ގަ އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމަކާއި ވެބް ސީރީޒްތަކެއް ކުޅެފައިވާ އަލީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ކޫފިޔާ" އެވެ. އޭނަ އަކީ ބޮލީވުޑްގައި ތިބި މަދު އެކްޓަރުންގެ ތެރެއިން އިންޓަނޭޝަލް ޕްރޮޖެކްޓްތަކުން ވެސް ފުރުސަތު ލިބޭ އެކްޓަރެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.