މާލެ ސިޓީ ކައުންސިލުން ގައިމްކުރާ ބުޅާ ފެސިލިޓީ ގާއިމްކުރަން ބިން ހަވާލުކޮށްފި

މާލެ ސިޓީ ކައުންސިލުން ގައިމްކުރާ ބުޅާ ފެސިލިޓީ ގާއިމްކުރަން ބިން ހަވާލުކޮށްފި

Author
ހުސެއިން
09 ފެބްރުއަރީ 2024 01:21
0

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބަލަހައްޓަން ގާއިމު ކުރާ ޕެޓް ކެއާ ފެސިލިޓީއަށް ބޭނުންވާ ބިން މިއަދު މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި މިއަދު އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އެ ފެސިލިޓީ ގާއިމު ކުރުމަށް ބޭނުންވާ ބިން މިއަދު އެގްރިކަލްޗާ މިނިސްޓަރީން އެ ކައުންސިލާ ހަވާލުކުރީ މިއަދު އެވެ. ސިޓީކައުންސިލްގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ ބުޅާ ފެސިލިޓީ އަޅަން އެގްރިކަލްޗާ މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކުރީ 5،000 އަކަފޫޓުގެ ބިމެއް ކަމަށެވެ. އެއީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މިނިސްޓްރީއާ ހަވާލުކުރި 18،000 އަކަފޫޓުގެ ބިމުން ބައެކެވެ.

މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ މައްސަަލައަށް މީގެކުރިން އެކިފަހަރު މަތިން މާލެ ސިޓީކައުންސިލުން އެކި ނިންމުންތައް ނިންމައި ހެދި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން އޭރު ނިންމީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ގާއިމުކުރުމަށެވެ.

އަމިއްލަ ހަރަދުގައި އެކަން ކޮށްދޭން ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް މިދިޔަ އަހަރުގެ މެއި މަހު ކައުންސިލުން އަމިއްލައަށް މާލޭގައި ވަގުތީ ޝެލްޓާއެއް ގާއިމުކުރަން ފާސްކުރި އެވެ. އަދި އެކަމަށްޓަކައި 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް ހަތަރު މަސްތެރޭ އެތަން ނިންމައި މުވައްޒަފުން ނަގައި ހިންގަން ފަށްޓަވާނެ ކަމަށް ވެސް ރައީސް މުއިއްޒު އޭރު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.