"ކިލް" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

"ކިލް" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
10 ފެބްރުއަރީ 2024 10:29
0

ނުފޫޒު ގަދަ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމް ކުންފުނި ދަރްމާ ޕްރޮޑަކްޝަން ގެ ކުރިއަަށް އޮތް ފިލްމް "ކިލް" މި އަހަރުގެ ޖުލައި 5 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

ފަސްޓްލުކް ޕޯސްޓަރެއް ވެސް ދައްކައިލި މި ފިލްމަކީ އެކްޝަން ފިލްމެކެވެ. މީގެ ބަތަލަކީ ދަރުމާ އިން 2019 ގައި ޝޫޓިން ފެށި ނަމަވެސް ފަހުން ހުއްޓި، ވާނުވާފައި އޮތް ފިލްމު "ދޯސްތާނާ 2″ ގެ ކާސްޓްގައި ހިމެނޭ އާ އެކްޓަރު ލަކްޝް ލަލްވާނީ އެވެ.

މިދިޔަ އަހަރު (ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ޓީއައިއެފްއެފް) ގައި ޕްރީމިއާކޮށްގެން ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު މި ފިލްމުގެ ކާސްޓްގައި ރާގަވް ޖުޔަލް އާއި ތާނިއާ މަނިކްތަލާ ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

މި ފިލްމް އަކީ ދަރުމާ އާއި ޕްރޮޑިއުސަރު ގުނީތު މޮންގާގެ ސިކިއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމް އެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ނިކިލް ނާގޭޝް ބަޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.