"އާޓިކަލް 370″ ގެ ޓްރެއިލާ މާދަމާ

"އާޓިކަލް 370″ ގެ ޓްރެއިލާ މާދަމާ

Author
ފާތިމަތު ނާވީ
08 ފެބްރުއަރީ 2024 02:52
0

ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް ލީޑު ރޯލުން ފެންނާނެ ފިލްމު "އާޓިކަލް 370″ ގެ ޓްރެއިލާ މާދަމާ ދައްކައިލަން ހަމަ ޖެހިއްޖެއެވެ.

ޔާމީ އަސްކަރީ އެޖެންޓެއްގެ ރޯލްއިން ޔަމީ ފެނިގެންދާ މިފިލްމްގައި އޭނާގެ ރޯލު ވަރަށް ވަރުގަދަކޮން ދައްކައިދޭނެއެވެ. މި ފިލްމް އަކީ ވަރުގަދަ ޕޮލިޓިކަލް ޑްރާމާއެކެވެ.

 

View this post on Instagram

 

A post shared by Jio Studios (@officialjiostudios)

މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހަށެވެ. ޔަމީގެ އިތުރުން މި ފިލްމްއިން މުހިންމު ރޯލަކުން ޕްރިޔަމަނީ ވެސް ފެނިގެންދާނެވެ. މި ފިލްމް ގެ މަންޒަރުތަށް ނަގައިފައިވަނީ ކަޝްމީރާއި ނިއު ދިއްލީގައިއެވެ.

ޔާމީ އާއި ވިކީ ކޯޝަލް ކުޅެ، ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2019 ގެ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރުގެ އަދިތިޔާ ދާރްއާ ކައިވެނިކޮށްގެން އުޅޭ ޔާމީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ "އޯއެމްޖީ 2″ އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.