ޝާހިދު ބުނަނީ މައްސަލަ އަކީ ޓެކްނޮލޮޖީ ނޫން ކަމަށް

ޝާހިދު ބުނަނީ މައްސަލަ އަކީ ޓެކްނޮލޮޖީ ނޫން ކަމަށް

Author
ފާތިމަތު ނާވީ
09 ފެބްރުއަރީ 2024 11:02
0

ބޮލީވުޑް ތަރިންގެ ބައެއް ތަރިންގެ ޑީޕްފޭކް ވީޑިއޯތައް އާއްމު ވަމުން އަންނަތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައިއެވެ. މިކަމާއި މެދުގައި ބޮލީވުޑްގެ ތަރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި ތަރިއަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެދީފައިވާ އެކްޓަރެއް ކަމަށްވާ ޝާހިދު ކަޕޫރެވެ. އޭނާ މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ ޑީޕްފޭކް ވީޑިއޯތަކުގެ މައްސަލަތަކުގައި ވަރަށް ފަސޭހައިން "އާޓިފިޝަލް އިންޓެލިޖެންސް" ނުވަތަ ޓެކްނޮލޮޖީއަށް ތުހުމަތު ކުރެވޭ ކަމަށާއި އެހެން ނަމަވެސް ހަގީގީ މައްސަލައަކީ އަހަރުމެން އިންސާނުން ކަމަށެވެ.

މިފަދަ ފޭކް ވީޑިއޯ އަދި ފޮޓޯ ތަކުގެ ސަބަބުން ތަރިންނަށް ވަނީ ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިއެވެ. އަދި ހާއްސަކޮން ބޮލީވުޑްގެ ބަތަލާއިން މިކަމާއި މެދުގައި ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިއެވެ.

 

View this post on Instagram

 

A post shared by Shahid Kapoor (@shahidkapoor)

ޝާހިދު މިފަދަ ވާހަކަ ތަކެއް ދެއްކޮ އިރުގައި ކުރިއަށް އޮތް އޭނާގެ ފިލްމް އަކީ ޓެކްނޮލޮޖީއާއި ވަރަށް ގުޅުން ހުރި ފިލްމް އެއް ކަމުގައިވާ "ތެރި ބާތޯންމޭ އެސާ އުލްޖާ ޖިއާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.