ފޭސްބުކް ލައިވްގައި ޖެންޑާ މިނިސްޓަރު ޑރ. އައިޝާއާ ސުވާލުކުރުމުގެ ފުރުސަތު ދެނީ

ފޭސްބުކް ލައިވްގައި ޖެންޑާ މިނިސްޓަރު ޑރ. އައިޝާއާ ސުވާލުކުރުމުގެ ފުރުސަތު ދެނީ

Author
އަހުމަދު
08 ފެބްރުއަރީ 2024 10:26
0

ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ފޭސްބުކް ލައިވްގައި ސުވާލު ކުރުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ.

ޖެންޑާ މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މި ލައިވް އޮންނާނީ މިރޭ 8:30 ގައެވެ.

ފޭސްބުކް ލައިވް ކުރިއަށްދާ ވަގުތު ކޮމެންޓު މެދުވެރިކޮށް ޖެންޑާ މިނިސްޓަރާ ސުވާލު ކުރެވޭނެ ކަމަށާއި އާންމުންގެ ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވަމުން ގެންދަވާނެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީގެ ޕޯސްޓުގައިވެއެވެ.

މިއީ މިފަދަ ފޭސްބުކް ލައިވްއެއްގައި ވަޒީރަކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ފުރަތަމަ ފަހަރެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށް ހުޅުވާލައިގެން ލައިވްއެއް ކުރިއަށް ގެންދާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރަކީ ވީހާވެސް ބޮޑަކަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ ސަރުކާރަކަށް ވާނެކަމަށެވެ.

އެގޮތުން ވަޒީރުންނާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ބަދަހިކުރަން "އަހާ" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށައިފައެވެ. އަދި ރައީސް މުއިއްޒު ވެސް ކޮންމެ ދުވަހަކު ހެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ޕްރޮގްރާމެއް ވަނީ ފައްޓަވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.