ކުރިއަށް އޮތް މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 7،350 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާޢީލް ޙަބީބް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓަރީކުރަން މިހާތަނަށް 7،350 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 6،465 މީހުންގެ ރީ-ރަޖިސްޓަރީ މިހާރު ކޮށްދީފައިވާކަމަށެވެ. އަދި 885 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށް ޙަބީބް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު އީސީން ހުޅުވާލީ މި މަހު އެކެއްގަ އެވެ. އެ ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވާނެއެވެ.
މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އީސީން ވަނީ މި އިންތިހާބުގައި 93 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.
ކޮމެންޓު ފޮނުވާ