ސައުދީގައި ތިބޭ ދިވެހި ދަރިވަރުން ހާޖީންނަށް އެހީތެރިވެ ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދެނީ

ސައުދީގައި ތިބޭ ދިވެހި ދަރިވަރުން ހާޖީންނަށް އެހީތެރިވެ ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދެނީ

ގުޅުންހުރި

ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާގައި ތިބޭ ދިވެހި ދަރިވަރުން ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުން، ސައުދީ ހައްޖު ވުޒާރާއިން އެއްބަސްވެ، އެކަން ހަމަޖެހިފައިވާކަން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ރަސްމީކޮށް މިއަދު އަންގަވާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރަސްމީ ކޯޓާގެ ދަށުން 1000 މީހުން ހައްޖަށް ދާއިރު، ސައުދީގެ އެތެރޭގެ ޓްރާންސްޕޯޓުގައި އަރަބި ބަސް ދަންނަ މީހުން ތިބުމަކީ ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން މި ހަމަޖައްސައިދެއްވީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ވަރަށް ބޮޑު ލުއިފަސޭހަކަމެއް ހާޖީންނަށް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މިއީ އެހެން ކޮންމެ ގައުމަކަށް އަޅުގަނޑަށް އެނގޭ ގޮތުގައި ފަހިވެފައި އޮންނަ ފުރުސަތެއްވެސް ނޫން. ވަރަށް މަދު ގައުމަކަށް އެކަން އެގޮތަށް ހަމަޖައްސާފައި އޮންނަނީވެސް. އަޅުގަނޑުމެން ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި މިކަން ހުށަހެޅީމަ ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން މިހާރު ވަނީ މިކަމަށް އެއްބަސްވެފައި.”

މިނިސްޓަރ ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ސައުދީ އަރަބިއްޔާގެ ޔުނިވަސރިޓީތަކާއި ގުޅިގެން އެތަނުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލާނެ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ދަރިވަރުން އިހްތިޔާރު ކުރާނީ ވަކި އަދަދަކަށް ކަމަށާއި އެކަންތައްތައް ކުރިއަށްދާނީ ދިވެހިރާއްޖޭގެ ހައްޖު ކޯޕަރޭޝަނާ ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިކަންތައް ފަހިވުމުން ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރ ޑރ ތައުފީޤަށާއި ޙައްޖާއި އުމްރާ އާ ގުޅޭ ސައޫދީގެ އިދާރާތަކާއި ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއަށް ޝުކުރު ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ