އީސީން ބޭނުންވަނީ، ރޯދައަށްފަހު 10 ދުވަސް ނުދީ، އިންތިޚާބު ބާއްވަން ދޭ މުއްދަތު 5 ދުވަހަށް ކުރުކުރަން

އީސީން ބޭނުންވަނީ، ރޯދައަށްފަހު 10 ދުވަސް ނުދީ، އިންތިޚާބު ބާއްވަން ދޭ މުއްދަތު 5 ދުވަހަށް ކުރުކުރަން

Author
ހުސެއިން
06 ފެބްރުއަރީ 2024 04:50
0

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ރޯދަމަހާއި ދިމާވާނަމަ، ރީދަމަހުގައި ނުބާއްވާ، ރޯދަމަސް ނިމުމަށްފަހު 10 ދިނުމަށް މިހާރު ގާނޫނަށް ހުށަހަޅާފައިވާ މުއްދަތު 5 ދުވަހަށް ކުރުމަށް އީސީން، ބިލު ދިރާސާ ކުރަމުންދާ ކޮމިޓީގައި އެދިއްޖެއެވެ.

އީސީން މިގޮތަށް އެދިފައިވަނީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގައި އެކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވާހަކަ ދައްކަވަމުންނެވެ.

މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވަނީ، އިންތިހާބެއް ރޯދަ މަހާ ދިމާވާނަމަ, އެ އިންތިހާބެއް ބޭއްވުން ރޯދަ މަސް ނިމުމަށްފަހު 10 ދުވަސްފަހުން ދޭން ޖެހޭނެ ކަމަށެވެ.

މިއަދު ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމައިލް ހަބީބު ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވައިފިނަމަ, ވޯޓު ގުނުމަށްފަހު ދާއިމީ ނަތީޖާ އިއުލާނުކޮށް, އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރުވާ ކަމަށެވެ.

އަޅުގަނޑު ހިތަށް އަރަނީ އޭގަ (އިސްލާހުގައި) އެބުނާ 10 ދުވަސް, ފަސް ވަރަކަށް ދުވަހަށް ބަދަލުކޮށްލައިފިއްޔާ އަޅުގަނޑުމެން އަތުގައި އޮންނާނެ އަނެއްކާވެސް (އިންތިހާބުގެ ފަހަށް) ފަސް ވަރަކަށް ދުވަސް, މިސާލަކަށް އެއްވަރު ވިޔަސް, ކޯޓުގެ ހުކުމަކުން އިތުރަށް ބާއްވަން ޖެހުނަސް އެ ފުރުސަތު ލިބިގެންދާނެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަބީބް ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ މަޖިލީހުގެ މެންބަރުން އިންތިހާބުކޮށް ނިންމަން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާއަށް ރިއާޔަތްކޮށެވެ. އަދި އެއީ ބަދަލުކުރުން ފަސޭހަކަމެއް ނޫންކަންވެސް ހަބީބު ފާހަގަ ކުރެއްވިއެވެ.
ގާނޫނުއަސާސީގައި ވަކި ގޮތަކަށް އިންތިހާބުގެ ކަންކަން ނިންމާ އެހެނިހެން ނިމިފައޭ އޮންނަންވާނީ ބުނާ މާއްދާއަކީ ވަރަށް މުހިންމު މާއްދާއެއް. އަޅުގަނޑަކަށް ހިއެއް ނުވޭ ގާނޫނުއަސާސީއަށް އެހާ ފަސޭހައިން ބަދަލު ގެނެވޭނެ ކަމަށް.
ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ،  އޭޕްރީލް 28 ވަނަ ދުވަހާ ހަމައަށް އިންތިހާބުގެ ހުރިހާ ކަމެއް ނިމި, އަންގަންޖެހޭ މުއައްސަސާތަކަށް އަންގަންޖެހޭ ކަމަށެވެ. އެގޮތުން އެޕްރިލް 21 ގައި އިންތިޚާބު ބާއްވައިފިނަމަ، މުޢައްސަސާތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމަށް އީސީއަށް ލިބިގެންދާނެ މުއްދަތު މާބޮޑަށް ކުރުވެގެން ދިއުމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.