ޑޮކްޓަރެއްގެ ފަރުވާ ކުޑަކަމުން ނުވަތަ އެހެން މީކަހަކު ކުޑަ އަމަލެއްގެ ސަބަބުން މާބަނޑު އަންހެނެއްގެ ބަނޑުގައި ވާ ދަރި މަރުވެއްޖެ ނަމަ، ނުވަތަ އެފަދަ އަމަލެއްގެ ސަބަބުން މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރި ވެއްޓުނުއިރު އޮތީ މަރުވެފައި ކަމުގައިވާނަމަ، އިސްލާމީ ޝަރީއަތުގައި އޮންނާނީ، އެކަން ކުޅަމީހާ އެކުއްޖާގެ ވާރުތަވެރިންނަށް ޢައްރާއެއްގެ މިންވަރު ދިޔައިގެ ގޮތުގައި ދިނުމާއި، ކައްފާރާ ދިނުން ކަމުގައި އިސްކާމީ ފިގުހު އެކަޑަމީ އާންމުކުރި ފަތުވާއެއްގައި ބުނެފިައެވެ.
މި ފަތުވާގައި ބުނެފައިވަނީ، ޢުއްރާއަކީ، މިނިވަނެއްގެ ދިޔައިގެ ދިހަ ބައިކުޅަ އެއްބައިގެ ދެބައިކުޅަ އެއްބައި ކަމުގައެވެ. އެީ ޖަމަލުންނަމަ، ފަސް ޖަމަލެވެ. ދީނާރުންނަމަ، ފަންސާސް ދީނާރެވެ. އެއީ ޚާލިސް ރަނުގެ 212.5 ގްރާމެވެ. ދިރުހަމުން ނަމަ ފައްސަތޭކަ ދިރުހަމެވެ.
ފަތުވާގައި ވިދާޅުވެފައިވަނީ، މިއީ ކީރިތިރަސޫލާގެ އަމަލުފުޅުންނާއި، ބަސްފުޅުންނާއި، ނިޔާފުޅުން ސާބިތުވާ ކަމެއްކަމުގައެވެ.
ކައްފާރާއަކީ މުއުމިނު އަޅަކު މިނިވަން ކުރުމެވެ. މިނިވަންކުރާނޭ މުއުމިނު އަޅަކު ނުލިބިއްޖެނަމަ ވިދިވިދިގެން ހަނދުމަހުގެ ދެ މަސްދުވަހު ރޯދަހިފުމެވެ.
ފަތުވާގައި ބުނެފައިވަނީ މި ހުކުމް ސާބިތުވަނީ ކީރިތި ޤުރުއާންގެ އައްނިސާ ސޫރަތުގެ 92 ވަނަ އާޔަތުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ