"ޑޮން 3″ ގެ ޝޫޓިން އޯގަސްޓްގައި

"ޑޮން 3″ ގެ ޝޫޓިން އޯގަސްޓްގައި

Author
ފާތިމަތު ނާވީ
05 ފެބްރުއަރީ 2024 02:24
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑައިރެކްޓަރު ފަރްހާން އަހްތަރުގެ ކާމިޔާބު ފްރެންޗައިޒް "ޑޮން 3″ ގެ ޝޫޓިން ފަށާނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑީއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފިލްމްގެ ޝޫޓިން ފެށުމަށް ވާންޖެހޭ ތައްޔާރީތަށް އަންނަ މަހުން ފަށާނެ ކަމަށެވެ. އަދި ފިލްމް އަށް ވާންޖެހޭ ވަރަށް މުހިންމު ގިނަ ތައްޔާރީތަށް ހުރިކަން ވެސް ވަނީ ފާހަގަ ކޮށްފައިއެވެ.

"ޑޮން 3″ އަށް ތައްތާރީތައްވަމުން އަންނަ އިރު، ފިލްމުގެ ބަތަލާ އަކީ ކާކުކަން އަދި ކަށަވަރެއް ނުވެ އެވެ.ކަށަވަރު ނުވި ނަމަވެސް ބައެއް ނަންތަށް އަންނަނީ ފެންމަތި ވަމުންނެވެ. އަދި ފިލްމުގެ ބަތަލާއިންގެ ރޯލު ފެނިދާނެ ކަމަށް ބުނާ ތަރިންގެ ތެރޭގައި ކިއާރާ އަދުވާނީ އާއި ކްރިތީ ސެނަން ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Excel Entertainment (@excelmovies)

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ބަތަލާގެ ރޯލުން، ޝާހްރުކް ޚާން ހިމަނައިގެން ފަރުހާން ގެނެސްދިން 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2″ ގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ. ބަތަލާ ނޭގުން ކަމުގައިވިޔަސް މި ފިލްމްގެ ވިލަން ގެ ރޯލުން ފެނިގެންދާނީ އިމްރާން ހާޝިމީ އެވެ.

މި ސިލްސިލާގެ ފިލްމް ތަށް ފާހަގަ ވެގެންގޮސްފައި ވަނީ ވަަރަށް ކާމިޔާބު ފިލްމް ތަކެއްގެ ގޮތުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.