ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިއަ ކޮރެއާގެ ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ނެރެފި އެވެ.
ނެޓްފްލިކްސް އިން ޓީޒާއެއް އާންމުކޮށް، ސީރީޒްގެ ބައެއް ކެރެކްޓާތަކުގެ ފަސްޓްލުކް ސްޓިލްތަކެއް ވެސް މިހާރު ވަނީ އާންމުކޮށްފައިވެ އެވެ. މި އަހަރު "ސްކްއިޑް ގޭމް 2″ ގެނެސްދޭން ނިންމާފައި އޮތް ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
މި 17 ސިކުންތުގެ ކުރު ޓީޒާއިން ފެންނަނީ ފުރަތަމަ ސީޒަންގައި ވެސް ލީޑު ރޯލު ކުޅުނު ލީ އުންޖޭ އެވެ. ދެހާސް އެކާވީހުގައި ގެނެސްދިން މީގެ ފުރަތަމަ ސީޒަނުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ދެވަނަ ސީޒަނެއް ގެނެސްދޭނެކަން ރަސްމީކޮށް އިއުލާންކުރީ 2022 ގަ އެވެ.
ފުރާނަ އަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" 2021 ވަނަ އަހަރު ނެރުމާ އެކު، އެ ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ.
ކޮމެންޓު ފޮނުވާ